ބެޑްމިންޓަން އެސޯސިއޭޝަނުން އެއްބަސްވީ 10 ދުވަހުގެތެރޭ ދެވޭ މައުލޫމާތެއް ދޭން

Jul 15, 2024, 4:47 PM
ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބޭއްވި އާންމު ޖަލްސާގެ ތެރެއިން، (ކ.ވ) އޭރު އެސޯސިއޭޝަންގެ ހަޒާންދާރު ނަސީރު، އެސޯސިއޭޝަންގެ ރައީސް މޫސަ އަދި ނައިބު ރައީސް ޝާކިރު.--

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބޭއްވި އާންމު ޖަލްސާގެ ތެރެއިން، (ކ.ވ) އޭރު އެސޯސިއޭޝަންގެ ހަޒާންދާރު ނަސީރު، އެސޯސިއޭޝަންގެ ރައީސް މޫސަ އަދި ނައިބު ރައީސް ޝާކިރު.--

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހަރަދުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަން، އައިމަން ލަތީފް (ޕިކޯ)، އެދުމުން، އެކަން ނުކޮށްފައިވާތީ، އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާގެ މައްސަލަ ނިންމާލިއިރު، އެ މައުލޫމާތު 10 ދުވަސް ތެރޭގައި ދެވޭ މިންވަރަކަށް ފޯރުކޮށްދޭނެ ކަަމަށް ބީއޭއެމް އިން ބުނެފި އެވެ.

ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ، މުއައްސަސާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި، އެ މައުލޫމާތު އާންމު ކުރާ އައިމަން މައުލޫމާތު ހޯދަން ހުށަހަޅައިފައިވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް އަލިއަޅުވާލައިފަ އެވެ. އެ ހަތް ކަންތަކުގެ ތެރެއިން، ކޮންމެ ކަމެއްގައި ވެސް ހަރަދު ހިނގާފައިވާ ކަންކަން، 2018 އިން ފެށިގެން 2023 އާ ހަމައަށެވެ.

އެ ކަންތައްތަކަކީ، ފާހަގަކޮށްފައިވާ މުއްދަތުގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދު، އެ މުއްދަތުގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުން ގަނެފައިވާ ތަކެއްޗާއި އެ އަށް ހަރަދުހިނގާފައިވާ ގޮތާއި ބިޑިން ކަންކަން ހިނގާފައިވާ ގޮތް، އެ މުއްދަތުގެ ތެރޭގައި ބިދޭސީ ސްޓާފުން/ކޯޗުން /އަމްޕަޔަރުން /ރެފްރީން/ޓެކްނިކަލް ސްޓާފުން ހަމަޖައްސާފައިވާ އުސޫލާއި ދީފައިވާ ކޮންޓްރެކްޓާއި ދޭ މުސާރަ އަދި އެކޮމަޑޭޝަން ފަދަ ހަރަދުތައް ކޮށްފައިވާ ގޮތް، ހިންގާ ކޮމިޓީ އަށް މީހުން އިންތިހާބު ކުރެވުނު ގޮތުގެ މައުލޫމާތު، ފާހަގަކޮށްފައިވާ މުއްދަތުގެ އަހަރީ އާންމު ޖަލްސާގެ ރިޕޯޓްތަކާއި އަހަރީ ރިޕޯޓްތަކެވެ.

އައިމަން، ތަކުރާރުކޮށް، އެދިގެން، ބެޑްމިންޓަން އެސޯސިއޭޝަނުން، ބައިކުޅަބަޔަށް ވުރެން ވެސް ކުޑަ މައުލޫމާތެއް ދީފައިވަނީ، 27 އޭޕްރީލްގަ އެވެ.

އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދިނުމުގައި ވަނީ، ހަތް ކަމެއް ފާހަގަކޮށްފަ އެވެ. އެކަމަކު، އެ ހަތް ކަމުގައި ވެސް ތަކުރާރުވެފައި ހުރީ ސީދާ ސީދަލަށް މައުލޫމާތު ދޭން ބޭނުންނުވާ ކަމުގެ އިބާރާތްތަކެވެ. އެއީ، ހަމަ ގާތްގަނޑަކަށް އައިމަން މައުލޫމާތު ހޯދަން އެދުނު ހަތް ކަމަށް އަލި އަޅުވާލައިފައި، ބެޑްމިންޓަން އެސޯސިއޭޝަނުން ކަމަކަށް ކަމެއް ކުރާ އުސޫލުން ދީފައިވާ މައުލޫމާތު ކަމަށް ބެލެވުމުގެ ހުރިހާ ޖާގައެއް އެބައޮތެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އައިމަން އަށް ދިން މައުލޫމާތުގައި ފާހަގަކޮށްފައިވަނީ، އާމްދަނީ އާއި ހަރަދު ރިޕޯޓާ ގުޅޭ އަހަރީ ހިސާބު ތަކަކީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ގޮތަށް އަހަރީ ޢާންމު ޖަލްސާގައި މެމްބަރުންނަށް ހުށަހަޅާ ފާސްކުރުމަށްފަހު ކުޅިވަރާބެހޭ ވުޒާރާ އަށް އަދި ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ފޮނުވާފައިވާ ހިސާބެއް ކަމަށެވެ. އަދި ހިންގާ ޤަވާއިދުގައިވާ ގޮތަށް ކޮންމެ މެމްބަރަކު ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް އައިސް އެދުމުން ހިސާބުތައް ބެލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެ ޖަވާބުގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަނަކީ ގަންނަ ތަކެތި ސްޓޮކް ކޮށްފައި މުދާ ބަހައްޓާ އުސޫލުން ނުބަހައްޓާ ކަމަށާއި ވަކި އައިޓަމެއް ފާހަަގަކޮށްފިނަމަ މައުލޫމާތު ފޯރުކޮށްދެން މަސައްކަތް ކުރާނެ ކަމަށް ވެސް އައިމަން އަށް އެސޯސިއޭޝަނުން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ލިޔެކިޔުމުން، މަދު މައުލޫމާތެއް އައިމަން އަށް ދިނުމަށް ފަހު، އެސޯސިއޭޝަންގެ ޖަވާބުގައި ބުނެފައިވަނީ، އެ އޮފީހަށް އައިސް އެދުމުން ދެން ހުރި ލިޔެކިޔުން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށެވެ.

އެހެންވެ، އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަން އަށް ހުށަހަޅައިގެން ކުރިއަށްދާން ނިންމީ އެވެ.

މިއަދު ބޭއްވި އިންފޮމޭޝަން ކޮމިޝަންގެ އަޑުއެހުމުގައި ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ވާހަކަތައް ހުރީ ކުރިން ބޭއްވި ފުރަތަމަ އަޑުއެހުމާ ދާދި އެއްގޮތަކަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ސާވާ މައްސަލަ ޖެހިފައި ހުރުމުން، ދެވެން ހުރީ 2023 ވަނަ އަހަރުގެ މައުލޫމާތުތައް ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު، ތަކުރާރުކޮށް، ހުރި މައުލޫމާތެއް އައިމަން އަށް ދިނުމަށް، ކޮމިޝަނުން އެދި، އެކަން ކުރެވޭނެ މުއްދަތެއް އެސޯސިއޭޝަނުން ކަނޑައަޅަން އެދުމުން، އެސޯސިއޭޝަނުން ބުނީ، ގާނޫނު ތަން ދޭ މިންވަރަކަށް އައިމަން އެދިފައިވާ މައުލޫމާތު ފޯރުކޮށްދެވެން ހުރި ވަރަކަށް 10 ދުވަސް ތެރޭ ކޮށްދޭނެ ކަމަށެވެ.

އެއާ އެކު އައިމަން ފާހަގަކުރި އެއް ކަމަކީ، މިހާތަނަށް ވެސް އެސޯސިއޭޝަންގެ އަމަލުތައް ހުރީ މައުލޫމާތުތައް ސީދާ ދިނުމުގެ ވިސްނުމާ އެއްގޮތަށް ނޫން ކަމަށެެެވެ.

ޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސަކަށް ހުންނެވީ އެންމެ ފަހުން ތިން ދައުރުގައި ވެސް އެ މަގާމު ފުރި މޫސާ ނާޝިދު (މޫސަ) އެވެ.

މޫސަ އާއި އެސޯސިއޭޝަން ހިންގުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންތިހާބު ކަންކަން މަޑުޖައްސާލަން އެންގި އެވެ. އަނެއްކޮޅުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި ކަންކަން އިސްލާހުކުރުމަށް ފަހު ނޫނީ އިންތިހާބެއް ނުބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އޮތީ އަންގައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. މުއްދަތު ހަމަވެފައި އޮތް ބޯޑަކުން، ބެޑްމިންޓަން އެސޯސިއޭޝަން ހިންގަމުން، އަދި އަމުދުން، ސަރުކާރުގެ އިދާރާތަކުގެ އަޑުއެހުންތަކުގައި ބައިވެރިވެ، ޖަވާބުދާރީވަމުން އަންނައިރު، މި ކަމާ ގިނަ ބަަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox