ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރުކްސްއަކީ ކާކު؟

ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް: އޭނާއަކީ 20 އަހަރުގެ ޒުވާނެއް -- ފޮޓޯ: އޭޕީ

ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް: އޭނާއަކީ 20 އަހަރުގެ ޒުވާނެއް -- ފޮޓޯ: އޭޕީ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑި ޖަހައި ހަމަލާދިނީ ޕެންސިލްވޭނިއާއަށް ނިސްބަތްވާ ތޯމަސް މެތިއު ކްރޫކްސް، 20، އެވެ.

ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވާށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ. އެ ހަމަލާގައި އެއްވުމުގައި ބައިވެރިވި މީހަކު ވެސް މަރުވި އެވެ.

ހަމަލާދިންތާ ސިކުންތުކޮޅެއް ތެރޭގައި ސީކްރެޓް ސާވިސްއިން ކްރުކްސްއަށް ބަޑިން ހަމަލާދީ މަރާލި އެވެ. އަދި އެފްބީއައިން ދަނީ މިހާރު އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

Advertisement

އެފްބީއައިން ބުނީ ކްރޫކްސް ހަމަލާދިންއިރު އޭނާ އުޅުނީ އައިޑީ ހިފައިގެން ނޫން ކަމަށާއި އެއާއެކު އައިޑެންޓިޓީ ކަށަވަރުކުރީ ޑީއެންއޭގެ އިތުރުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލިޖީ ބޭނުން ކޮށްގެން ކަމަށެވެ.

ހަމަލާދިން ސަރަހައްދާ 43 މޭލު ދުރުގައި ދިރިއުޅެމުންދިޔަ ކްރުކްސް ގްރެޖުއޭޓްވީ 2022 ގައި ބެތަލް ޕާކް ހައި ސްކޫލުންނެވެ. އޭނާ ވަނީ މެތެމެޓިކްސް އަދި ސައިންސުން މަތިން މާކްސް ހޯދައިގެން 500 ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ހާސިލުކޮށްފަ އެވެ.

ކްރޫކްސް މަސައްކަތް ކުރީ އޭނާ ދިރިއުޅެމުންދިޔަ ގެއާ ކައިރި ލޯކަލް ނާސިން ގެއެއްގެ ބަދިގޭގަ އެވެ.

ކްރޫކްސްއަކީ މަޑުމައިތިރި އަދި ކްލާހުން މަތީ ގްރޭޑްތައް އަބަދުވެސް ހޯދާ މީހެއް ކަމަށާއި އޭނާ ތާރީހުގެ ކަންކަން ވަރަށް ބޮޑު ޝައުގެއް ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އޭނާއަކީ ވަރަށް މަޑުމައިތިރި އަދި މީހުންނާ މާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫން. އޭނާ މިފަދަ ކަމެއް ކޮށްފާނެ ކަމަށް އުންމީދެއް ވެސް ނުކުރެވޭ،" ކްރޫކްސް ގެ ކައިރީ އުޅުނު މީހަކު ބުންޏެވެ.

އެމެރިކާ ނޫސްތަކުން ބުނީ ރިކޯޑްތައް ދައްކާ ގޮތުން ކްރޫކްސް ރަޖިސްޓްރީ ކޮށްފައި ހުރީ ރިޕަބްލިކަން ޕާޓީގައި ކަމަށާއި އޭނާ ވަނީ ލޯކަލް ޝޫޓިން ކްލަބެއްގައި އެއް އަހަރެއްހާ ދުވަހު އުޅެފައި ކަމަށެވެ.

ކްރޫކްސް ޓްރަމްޕަށް ހަމަލާދިނީ އޭއާރް-15 ރައިފަލްއެއް ބޭނުންކޮށްގެންނެވެ. އެ ރައިފަލްއަކީ ކްރޫކްސްގެ ބައްޕަ މީގެ ހަ މަހެއްހާ ދުވަސް ކުރިން ގަނެފައިވާ ބަޑިއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސީބީއެސްއިން ބުނީ ކްރޫކްސްގެ ކާރުން ޝައްކު އުފެދޭ ޑިވައިސްއެއް ފެނިގެން ލޯ އެންފޯސްމަންޓުން ވަނީ އެ ކާރު ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ޑިވައިސް ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެފްބީއައިން ބުނީ ކްރޫކްސް ހަމަލާދޭން ޖެހުނު ސަބަބު ދެނެގަތުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި ނަމަވެސް މިހާތަނަށް އެކަން އެނގޭ ގޮތް ނުވާ ކަމަށެވެ.

"އަހަރެންނަށް އަދިވެސް ނޭގޭ މިވެގެން އުޅޭގޮތެއް. ލޯ އެންފޯސްމަންޓާއި ވާހަކަ ދެއްކީމަ އެނގޭނީ ވެގެން އުޅޭ ގޮތެއް،" ކްރޫކްސްގެ ބައްޕަ ސީއެންއާ ވާހަކަދައްކަމުން ބުންޏެވެ.

ކްރޫކްސްގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދެމުންދާ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ. އަދި އެފްބީއައި އިން ވަނީ އޭނާގެ ގެ އެއްކޮށް ކޯޑަންކޮށް ނުވަދެވޭ ގޮތް ހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox