އިންގްލެންޑްގެ ހިތްކުދިކުދިކޮށްލައި ސްޕެއިން ޔޫރަޕްގެ ރަސްކަމަށް

Jul 14, 2024, 9:12 PM
އިންގްލެންޑްގެ ހިތްކުދިކުދިކޮށްލައި ސްޕެއިން ޔޫރަޕްގެ ރަސްކަމަށް

ބާލިން (ޖުލައި 15) - އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، ސްޕެއިނުން ޔޫރޯގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދައިފި އެވެ.

މި މުބާރާތަށް އައިއިރު ސްޕެއިނާއި ޖަރުމަނު އޮތީ ތިން ތަށި ހޯދައިގެން އެއްވަރުވެފަ އެވެ.

ސްޕެއިނުން ޔޫރޯގެ ތަށި މި އުފުލާލީ 12 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ، 1964، 2008، 2012 އަދި 2024 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތް ސްޕެއިނަށް ހާއްސަ އެވެ. އެ ޓީމުން ތަށި އުފުލާލީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ.

ޖަރުމަނުގެ މަޝްހޫރު ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ސްޕެއިނުގެ ގޯލަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިންގްލެންޑްގެ ފިލް ފޯޑެން ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ސްޕެއިން ފެނުނީ ތަފާތުކޮށެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދޮޅު މިނިޓް ތެރޭ ސްޕެއިނުން ލީޑުނެގި އެެވެ. މި ލަނޑު ޖެހީ، އިއްޔެ 17 ވަނަ އުފަން ދުވަސް ފާހަގަކުރި ލަމީން ޔަމާލް ދިން ބޯޅައަކުން، ނީކޯ ވިލިއަމްސް އެވެ. އޭރިއާތެރެއިން ނީކޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖަހައިދިން ކޯލް ޕާމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އޭގެ އިރުކޮޅެއް ފަހުން، ސްޕެއިނަށް ލީޑުފުޅާކޮށްދޭން އޭރިއާތެެރެއިން ޑަނީ އޯލްމޯ އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ފަހުން، ސްޕެއިންގެ ފޯވާޑް، އަލްވާރޯ މޮރާޓާ އޭރިއާތެރެއިން ހުސްކޮށް އަރައި، ޖެހި ޝޮޓް އިންގްލެންޑްގެ މިޑްފީލްޑަރު، ޑެކްލަން ރައިސް ފަހަތަށްފައިބައި ސަލާމަތްކުރި އެވެ.

އިންގްލެންޑުން މަޑުމަޑުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުގެ ތަރި، ޖޫޑް ބެލިންހަމް ވަނީ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. އޭނާ ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

އިންގްލެންޑުން 73 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރީ ބެލިންހަމްގެ ދައުރާ އެކު ޖެހި ލަނޑަކުންނެވެ. ބެލިންހަމް ދިން ބޯޅައަކުން މި ލަނޑު ޖެހީ ކޯލް ޕާމާ އެވެ. ބަދަލަކަށް ކުޅެން އެރި ޕާމާ އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އަލުން ލީޑުނަގަން ސްޕެއިނުން ކުރި މަސައްކަތުގައި ޔަމާލް ޖެހި ޝޮޓެއް ކީޕަރު ޕިކްފޯޑް މަތަކުރި އެވެ.

ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އޮޔާޒަބާލް އާއި ނިކޯ ވިލިއަމްސް އަދި ޔަމާލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި މިކޭލް އޮޔާޒަބާލް އެވެ. މެޗުގެ، 86 ވަަނަ މިނިޓްގައި އޮޔާޒަބާލް މި ލަނޑު ޖެހީ ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ ނަގައިިދިން ހުރަހަކަށް އަރަ އެވެ. އިންގްލެންޑަށް ދެ ވަނަ ފަަހަރަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ފަހަތަށް ކުޅޭ މާކް ގޭހީ އެވެ. ކޯނަރެއްގައި ސްޕެއިން އޭރިއާތެރެއިން ލިބުނު ފުރުސަތުގައި، ގޭހީ ބޮލުން ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އޯލްމޯ އެވެ.

މި ނަތީޖާއާ އެކު، އިންގްލެންޑް މި ވަނީ ޖެހިޖެހިގެން ޔޫރޯގެ ދެ ފައިނަލުން ބަލިވެފަ އެވެ. އެންމެ ފަހުން ޔޫރޯގައި އަމިއްލަ ގައުމުގައި ފައިނަލް ކުޅެގެން ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ވަނީ ބަލިވެފަ އެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، އިންގްލެންޑުން ހޯދި ހަމައެކަނި ކާމިޔާބީ އަކީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެވެ.

އަނެއްކޮޅުން، ސްޕެއިންގެ ކޯޗު، ލުއިސް ޑެ ފުއެންޓޭ މި ވަނީ 19 އަހަރުން ދަށުގެ ޔޫރޯ އާއި 21 އަހަރުން ދަށުގެ ޔޫރޯގެ އިތުރުން ޔޫރޯގެ ބޮޑު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox