އިންގްލެންޑް - ސްޕެއިންގެ ކުރިމަތިލުންތައް ތާރީހުގެ ތެރެއިން

Jul 14, 2024, 6:15 AM
އިންގްލެންޑް - ސްޕެއިންގެ ކުރިމަތިލުންތައް ތާރީހުގެ ތެރެއިން

ޔޫރޯގެ ފައިނަލްގައި މިރޭ އިންގްލެންޑާއި ސްޕެއިން ނުކުންނައިރު، މި ދެ ޓީމުން ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މީގެ ކުރިންވެސް ބައްދަލުކޮށްފައެވެ. އެކަމަކު ފުޓްބޯޅަައިގައި ދިގު ތާރީހެއް އޮތް މި ދެ ގައުމުވެސް މުބާރާތްތަކުގައި މާ ގިނަ ފަހަރަކު ބައްދަލެއް ނުކުރެއެވެ. މިއީ ބައިނަލްއަޤްވާމީ (ފިރިހެން) މުބާރާތެއްގެ ފައިނަލްގައި މި ދެ ޓީމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ސްޕެއިން މިރޭގެ މެޗަށް ކުރިމަތިލަނީ ހަތަރު ވަނަ ފަހަރަށް ޔޫރޯގެ ތަށި ކާމިޔާބުކުރުމުގެ އަމާޒުގައެވެ. ސްޕެއިން ތަށި ހޯދައިފިނަމަ، ޔޫރޯގެ ތަށި އެންމެ ގިނައިން ހޯދި ޓީމުގެ ރެކޯޑް ލިބޭނެއެވެ.

އިންގްލެންޑަށް އަދި މިހާތަނަށް ޔޫރޯ ކާމިޔާބެއް ނުކުރެ އެވެ. އިންގްލެންޑްގެ ޓްރޮފީ ހަރުގަނޑުގައި މިއަދާ ހަމައަށް ވެސް ފެންނަން ހުރީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.

ޔޫރޯ 2020ގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ. ފައިނަލްގައި ބަކިވީ އިޓަލީ އަތުންނެވެ. ސްޕެއިން އެންމެ ފަހުން ޔޫރޯ ކާމިޔާބުކުރީ 2008 އަދި 2012 ވަނަ އަހަރެވެ.

ޔޫރަޕްގެ ފުޓްބޯޅައިގައި ކުރީގައި އޮތް ދެ ގައުމަށް ވިޔަސް، އިންގްލެންޑާއި ސްޕެއިން މިހާތަނަށަ މާ ގިނަ ފަަހަރު މުބާރާތްތަކުގައި ބައްދަލެއްނުކުރެއެވެ. ހާއްސަކޮށް 2000ގެ ފަހުން، މިއީ މި ދެ ޓީމު ބައިނަލްއަޤްވާމީ މުބާރާތުގައި މާ ގިނަ ފަހަރު ބައްދަލެއްނުކުރެއެވެ. މި ދެ ޓީމުގެ މެދުގައި 2004-2016 އަށް ކުޅެފައިވަނީ ޢެކުވެރިކަމުގެ މެޗުތަކެވެ.

ސްޕެއިން - އިންގްލެންޑް މިހާތަނަށް މުބާރާތްތަކުގައި ކުރިމަތިވިލި މެޗުތައް:

ވޯލްޑް ކަޕް 1950 - ސްޕެއިން 1 - 0 އިންގްލެންޑް

ޔޫރޯ 1968 - ސްޕެއިން 0 - 1 އިންގްލެންޑް (ފުރަތަމަ ލެގު)، ސްޕެއިން 1 - 2 އިންގްލެންޑް (ދެ ވަަނަ ލެގު)

ޔޫރޯ 1980 - ސްޕެއިން 1 - 2 އިންގްލެންޑް

ވޯލްޑް ކަޕް 1982 - ސްޕެއިން 0 - 0 އިންގްލެނޑް

ޔޫރޯ 1996: ސްޕެއިން 2 - 4 އިންގްލެންޑް (ޕެނަލްޓީ ޝޫޓްއައުޓް)

ނޭޝަންސް ލީގު 18/19: ސްޕެއިން 2 - 1 އިންގްލެންޑް / ސްޕެއިން 2 - 3 އިންގްލެންޑް

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox