ޓްރަމްޕަށް ދިން ހަމަލާއާއެކު، އެމެރިކާގެ ސެކިއުރިޓީއާ މެދު ސުވާލުތަކެއް

ޓްރަމްޕަށް ހަމަލާދިންއިރު އެމެރިކާގެ ސީކްރެޓް ސާވިސްގެ ސްނައިޕަރުތައް ގެއެއްގެ ފުރާޅުމަތީ ސެކިއުރިޓީ ބަލަހައްޓަނީ: ސީކްރެޓް ސާވިސްއިން ވަނީ ޓްރަމްޕަށް ހަމަލާދިން މީހާ މަރާލާފައި -- ފޮޓޯ: އެކްސް

ޓްރަމްޕަށް ހަމަލާދިންއިރު އެމެރިކާގެ ސީކްރެޓް ސާވިސްގެ ސްނައިޕަރުތައް ގެއެއްގެ ފުރާޅުމަތީ ސެކިއުރިޓީ ބަލަހައްޓަނީ: ސީކްރެޓް ސާވިސްއިން ވަނީ ޓްރަމްޕަށް ހަމަލާދިން މީހާ މަރާލާފައި -- ފޮޓޯ: އެކްސް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާއާއެކު، އެ ގައުމުގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދަން ފަށައިފި އެވެ.

ރާއްޖެ ގަޑިން ފަތިހު 4:00 ހާއިރު ހިނގި އެ ހާދިސާގައި ޓްރަމްޕުގެ ކަނާއަތު ކަންފަތަށް ވަޒަނެއް އެރި އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވާށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ.

އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބަޑި ޖެހި މީހާ ވަގުތުން މަރާލި ކަމަށާއި ހާދިސާގައި އެއްވުމުން އެކަކު މަރުވެ، އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާގައި މިފަދަ ހަމަލާއެއް ރިޔާސީ ކެންޑިޑޭޓަކަށް އަމާޒުކޮށް ދިނުމުން، ގިނަ ބަޔަކު އަންނަނީ ސީކްރެޓް ސާވިސް ފެއިލްވެފައިވާ ކަމަށް ބުނަމުންނެވެ.

"އެކްސް" ގައި ޝުއޫރު ފާޅުކުރަމުން އަންނަ މީހުން ބުނީ އިވެންޓުތަކަކީ ދުރާލައި ރޭވި، ސެކިއުރިޓީގެ ކަންކަން ކަށަވަރުކޮށްގެން ބާއްވާ އިވެންޓުތައް ކަމަށާއި ސީކްރެޓް ސާވިސް ބްރީޗްކޮށް ބަޑީގެ ހަމަލާ ދެވިގެން ނުވާނެ ކަމަށެވެ.

"އަހަރުމެންނަށް ފެނުނު މީހަކު ބިލްޑިންއެއްގެ ރޫފްއަށް އެރިތަން. އޭނަ އަތުގައި ރައިފަލްއެއް އޮތް. އަހަރެން ދެކޭ ގޮތުގައި ސީކްރެޓް ސާވިސްއިން އެ ސަރަހައްދުގެ ހުރިހާ އިމާރާތެއްގައި ހިނގާ ކަންކަން އެވަގުތު ބަލަން ޖެހޭނެ. މިފަދަ ހަމަލާއެއް ދެވިގެން ނުވާނެ،" ހަމަލާ ދިން ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ހަމަލާދިން މީހާ ވަގުތުން މަރާލުމުން ސީކްރެޓް ސާވިސްއަށް ބައެއް މީހުން އަންނަނީ ތައުރީފް ކުރަމުންނެވެ. ނަމަވެސް އެ މީހާއަށް އިނގިލި ދިއްކޮށް ސީކްރެޓް ސާވިސްއަށް ދެއްކީ އެއްވުމުގައި ތިބި މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގައި ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ އިވެންޓުތަކުގައި އަބަދުވެސް ސެކިއުރިޓީ ވަރުގަދަ ކުރެ އެވެ. އެގޮތުން މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަމުގެ ފުރިހަމަ ޒިންމާ ސީކްރެޓް ސާވިސްއިން ނަގަން ޖެހެ އެވެ.

ޓްރަމްޕު އަވަހާރަކޮށްލަން އުޅުނު މީހާ ހުރީ ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ހުރި ފުރާޅެއްގަ އެވެ. ޓްރަމްޕުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސްނައިޕަރުން ވަނީ ހަމަ އެ ވަގުތު އޭނާއަށް ހަމަލާދީ މަރާލައިފަ އެވެ.

ގާތްގަނޑަކަށް ތިން ފަހަރު ޓްރަމްޕު ގަޔަށް ބަޑި ޖެހި އަޑު ވީޑިއޯއަކުން އިވެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ކަންފަތުގައި އަތް އަޅުއްވާ މަންޒަރު ވެސް ފެނެ އެވެ. ޕޯޑިއަމުން ކައިރިއަށް ތިރިވުމަށްފަހު ތެދުވެވަޑައިގެން އަތުގެ އިޝާރާތުން ގަދަކޮށް ހުންނެވިކަން ޓްރަމްޕު ދެއްކެވި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދިނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޓްރަމްޕަށް ގުޅައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދީފައި ވަނީ ބަޓްލާ، ޕެންސިލްވޭނިއާގައި ކުރިއަށް ގެންދިޔަ ރެލީއެއްގެ ތެރެއިންނެވެ. ޓްރަމްޕު ގަޔަށް ބަޑި ޖެހި މީހާ މަރާލީ އެމެރިކާ ސީކްރެޓް ސާވިސްގެ ސްނައިޕަރުން ކަމަށް ބެލެވެ އެވެ. ޕޯޑިއަމްއާ ދިމާލުން މަތީގައި ހުރި ފުރާޅެއްގައި ހުރެ ސްނައިޕަރަކު ރައްދުގައި ހަމަލާ ދޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ.

އެ ހާދިސާ ހިނގި އިރު ރައީސް ޖޯ ބައިޑެން ހުންނެވީ ޗުއްޓީގަ އެވެ. ނަމަވެސް މިހާރު ޗުއްޓީ ކުރުކޮށްލެއްވުމަށްފަހު އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އަދި މިހާރު އެ ހާދިސާގެ ދެ ބްރީފިންއެއް ވެސް ސީކްރެޓް ސާވިސް އިން ބައިޑެންއަށް އަރުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox