ސްޕެއިން ކޯޗަށް ނިދެނީ ތިން ގަޑިއިރު، ފެންނަނީ ތަށީގެ ހުވަފެން

Jul 14, 2024, 3:33 AM
ސްޕެއިން ކޯޗަށް ނިދެނީ ތިން ގަޑިއިރު، ފެންނަނީ ތަށީގެ ހުވަފެން

ބާލިން (ޖުލައި 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު މެޗުން މެޗަށް ތައްޔާރުވާން އެ ކުރަން ޖެހޭ މަސައްކަތްތައް ފުރިހަަމަ ކުރަން، ސްޕެއިން ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އަށް ނިދެނީ ރެޔަކު ތިން ގަޑިއިރު ކަމަށް އޭނާ ވަނީ ހާމަކޮށްފަ އެވެ. އަމިއްލަ ނަފްސަށް އަރާމްކުރަން ލިބޭ ވަގުތު މަދުވި، ނަމަވެސް ކުރަމުން އަންނަ މަސައްކަތާ އެކު، މުބާރާތުގެ ތަށީގެ ހުވަފެން ހަގީގަތަަކަށް ހަދަން ބޭނުންވާ ކަމަށް ޑެ ލަ ފުއެންޓޭ ވަނީ ބުނެފަ އެވެ.

"ވަރަށް ކުޑަ ވަގުތެއް މި ލިބެނީ ހުސްކޮށް، ހެނދުނު ނުވަޔަކުން ފެށިގެން، މެންދަމު، 1،2،3 ދެން 4 ކާ ހަމައަށް މަސައްކަތް މި ކުރަނީ. އާންމު ގޮތެއްގައި މި ނިދަނީ ތިން ވަރަކަށް ގަޑިއިރު، ކޮންމެ ފަހަރަކު ކާލައިގެން ކުޑަ ނެޕް އެއް ނަގާލަނީ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެގެން ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ސްޕެއިނުން ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ޓީމަކީ ޔޫރޯގެ ތާރީހުގައި ވެސް ހަ މެޗުން މޮޅުވެގެން ފައިނަލުގައި ކުޅޭނެ ފުރަތަމަ ޓީމެވެ. ޑެ ލަ ފުއެންޓޭ ބުނީ، މެޗުން މެޗަށް ދިއުމަށް ތައްޔާރުވާން ލިބޭ ވަގުތު ހަގީގަތުގައި ކުޑަ ކަމަށާއި އެހެންވެ، ލިބިފައި އޮންނަ ވަގުތުގެ ބޭނުންވީ އެންމެ ރަނގަޅަށް ކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެެމެން ވަރަށް ބޮޑަށް ތައްޔާރުވަން. އަމިއްލަ ޓީމު ތައްޔާރުކުރުން އެއީ އެއް ކަންތައް، އިދިކޮޅު ޓީމު ދިރާސާ ކުރުން އެއީ އަނެއް ކަންތައް، އަމިއްލަ ކުޅުންތެރިންނަށް އިންޑިވިޖުއަލީ، ވަކިވަކިން އެ ބުނެދޭން ޖެހޭ ތަފްސީލްތައް، އެއީ ވެސް ކުރަން ޖެހޭ ކަމެއް، މި ހުރިހާ ކަމަކާ އެކީ މި ކުރިއަށްދަނީ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ ޔޫރޯގެ ތަށި ހިފައިގެން.---

ޑެ ލަ ފުއެންޓޭ، 63، އަކީ ސްޕެއިނުގެ ގައުމީ ޓީމުތަކަށް ފަރިތަ ކޯޗެކެވެ. އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަހަރު ހަވާލުވީ، ސްޕެއިނުގެ 19 އަހަރުން ދަށުގެ ޓީމާ އެވެ. ދެ އަހަރު ތެރޭ އެ ޓީމަށް، 19 އަހަރުން ދަށުގެ ޔޫރޯގެ ތަށި ހޯދައިދިނެވެ. އަދި އޭގެ ފަހުން، ސްޕެއިނަށް 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ޑެ ލަ ފުއެންޓޭ ވަނީ އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލް ހޯދައިދީފަ އެވެ.

ޔޫތު ލެވަލްގެ ޓީމުތަކާ އެކު، ޑެ ލަ ފުއެންޓޭ މި ހޯދި ކާމިޔާބީ ތަކަކީ އޭނާ ސީނިއާ ޓީމާ އެކު މިހާރު ކުރަމުން އަންނަ ރަނގަޅު މަސައްކަތުގެ ފައުންޑޭޝަނެވެ. މި ވަގުުތު ޔޫރޯގައި ވާދަކުރަމުން އަންނަ ސްޕެއިންގެ ސްކޮޑުގެ ބޮޑު ޕަސެންޓަކީ، ސްޕެއިންގެ ޔޫތު ޓީމުތަކުގައި ޑެ ލަ ފުއެންޓޭއާ އެކު މަސައްކަތް ކުރި ކުޅުންތެރިންނެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ސްޕެއިން ކޯޗުކަމުން ލުއިސް އެންރީކޭ ވަކިވުމުން، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ރަނގަޅު ކޯޗަކާ ޓީމު ހަވާލުކުރަން މަސައްކަތް ފެށި އެވެ. އެ ގޮތުން، މަޝްހޫރު ގިނަ ކޯޗުންގެ ސީވީ އަށް ވެސް ބެލުމަށް ފަހު، އެންމެ ފަހުން ޓީމު ހަވާލުކުރަން ނިންމީ ޑެ ލަ ފުއެންޓޭއާ އެވެ. ސަބަބަކީ، ސްޕެއިން ފުޓްބޯޅަ ދަންނަ، ޓީމުގެ ފެންވަރާ އެއްވަރުގެ މަސައްކަތެއް ކުރާނެ ކޯޗަކާ ހަވާލުކުރުމަށެވެ.

އެ ގޮތުން، ޑެ ލަ ފުއެންޓޭ، ސްޕެއިން ޓީމާ ހަވާލުވެ، ކުޅުންތެރިންގެ އިތުބާރު ހޯދައި ކުރި މަސައްކަތުން، އެ ޓީމު ވަނީ އެންމެ ފަހުން ބޭއްވި ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

"އަހަރެން އުންމީދު ކުރި ކަމެއް ނޫން މިއީ، ބޮޑު މުބާރާތެއްގައި ސްޕެއިން ޓީމަށް ކޯޗުކޮށްދިނުމަކީ، އެކަމަކު، އަހަރެން މި ވަގުތު މި ހުރީ މި މަގާމުގައި، ގަތަރު ވޯލްޑް ކަޕަށް ފަހު ވެސް އަހަރެން ހީކުރީ އެންރީކޭ ޓީމުގައި ހުންނާނެ ކަމަށް، އެކަމަކު، ފެޑެރޭޝަނުން އަހަންނާ މި ޒިންމާ ހަވާލުކުރީމަ ކުރެވުނު އެންމެ ރަނގަޅު މަސައްކަތެއް ކުރަން ހަވާލުވީ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ އަކީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް، ލުއިސް ރުބިއާލެސްގެ ގާތް ފަރާތަކަށްވާތީ، އޭނާގެ މައްސަލަތަކުގައި، ޑެ ލަ ފުއެންޓޭ އަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މީޑިއާގެ ގިނަ ޕްރެޝަރުތަކާ އެކު ވެސް ޑެ ލަ ފުއެންޓޭ، އެންމެ އިސްކަމެއް ދިނީ، ނުރަނގަޅު އަސަރެއް ޓީމަށް ކުރިމަތިނުވާނެ ގޮތަކަށް ޓީމުގެ ކަންކަން ރޭވުމަށެވެ.

"އަހަރެން ރަނގަޅަށް މަސައްކަތް ކުރާނަަމަ، ނިދި ލިބޭނީ މަދު ވަގުތު ކޮޅެއްގައި. އެކަމަކު އެ ނިދި ލިބޭ މިންވަރު ވެސް ރަނގަޅު، އެއީ ޖުމްލަކޮށް، އަހަރެންގެ ނިންމުންތައް ރަނގަޅުވީމަ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ރަނގަޅު ޓީމެއް ބިނާކުރުމަށްޓަކައި، ކިތަންމެ އުނދަގޫ ނިންމުމެއް ނިންމަން ޖެހުނަސް، ޑެ ލަ ފުއެންޓޭ އެކަން ކުރާނެ ކަމުގެ ޔަގީންކަން، ސްޕެއިން ސްކޮޑުގެ ކޮންމެ މެމްބަރަކަށް ވެސް އޮވެ އެވެ. ޓީމެއްގައި ހިމެނޭ ކޮންމެ މެމްބަރަކީ ވެސް ޑެ ލަ ފުއެންޓޭ އަށް މުހިންމު މީހެއްކަން އެނގެނީ، ޓީމުގެ ކޮންމެ ކަމެއްގައި، ވަކިވަކި މީހުންނަށް ވެސް ވަޓްސަޕް މެސެޖް ފޮނުވައި، އެއްބައިވަންތަކަން އާލާކުރަން ޑެ ލަ ފުއެންޓޭ ކުރާ މަސައްކަތުންނެވެ.

މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލް ނިމުމަށް ފަހު، ފައިނަލާ ދެމެދު ލިބުނު ހަތަރު ދުވަހުގެ ތެރޭގައި، ޑެ ލަ ފުއެންޓޭ އަށް ގިނަ ވެގެން ނިދޭނީ 12 ގަޑިއިރު ކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނެފައިވެ އެވެ. ބާކީ ވަގުތުތައް އޭނާ ހުސްކޮށްލައިގެން އެ ހުރީ، މިރޭ އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން ސްޕެއިނަށް ކާމިޔާބު ހޯދައިދޭށެވެ.

ޑެ ލަ ފުއެންޓޭ ވަނީ ސްޕެއިން ކޯޗަކަށް އޭނާ މި ހޭދަކުރި 20 ވަރަކަށް މަސް ދުވަސް ތެރޭގައި ދަސްވި ކަންތައްތަކަށް ބަލާއިރު، އަމިއްލަ ނަފްސަށް ކުރާ އިތުބާރަކީ ކާމިޔާބީގެ ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox