ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލަށް ތަފާތު ބޯޅައެއް!

Jul 14, 2024, 3:32 AM
ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލަށް ތަފާތު ބޯޅައެއް!

ކޮންމެ ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ވެސް ތަފާތު ބޯޅައެއް ބޭނުންކުރާއިރު، މި ފަހަރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ އަށް ޖަރުމަނުގެ އެޑިޑާސް ކުންފުނިން ހެދި ބޯޅަ އަކީ "ފުސްބަލީބޭ" އެވެ. އޭގެ އާ ބޯޅައެއް، ސެމީ ފައިނަލާއި ފައިނަލުގައި ބޭނުންކުރާއިރު، އެއީ، "ފުސްބަލީބޭ ފައިނަލް" ނަމުން ނަން ދީފައިވާ އަޅި ކުލައިގެ ބޯޅައެެކެވެ.

ޔުއެފާ އިން ދެ ސެމީ ފައިނަލާއި ފައިނަލަށް އާ ބޯޅައެއް ހަަދަން ނިންމީ، މުބާރާތް ބާއްވާ ގައުމު ޖަރުމަނުގެ ކުލަތަކާއި ޔޫރޯގެ ޗެމްޕިއަނުންނަށް ދޭ ތަށްޓާ ގުޅުވާލުމުގެ ގޮތުންނެވެ.

މީގެ އިތުރުން، އަޅި ކުލައިގައި އެ ބޯޅަ ބޭއްވުމުގެ އަނެއް ބޭނުމަކީ، ދަނޑުގެ ލައިޓްތައް ހުންނަ ހުދު ކުލައާ ތަފާތެއް ގެނައުމުގެ ބޭނުމާ އެކު އެވެ.

މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލުގެ ކުރިން، ބޭނުންކުރި "ފުސްބަލީބޭ" ބޯޅަ އަކީ ހުދު ކުލައިގެ ބޯޅަ އެކެވެ.

މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލްގައި ބޭނުންކުރާ "ފުސްބަލީބޭ ފައިނަލް" ނަމުން ނަން ދީފައިވާ އަޅި ކުލައިގެ ބޯޅަ.

ޔޫރޯގެ ބޯޅަ އަށް، ޖަރުމަން ބަހުން ހެދި މި ނަމުގައި އެކުލެވޭ ދެ ބަހުގެ މާނައަކީ "ލޯބި" އަދި "ފުޓްބޯލް" އެވެ.

މި ބޯޅަ ތައްޔާރުކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަަކަށެވެ. މި ބޯޅަ ހެދުމަށް ރީސައިކަލްކޮށްފައިވާ ޕޮލިސްޓާ އާއި ފެން ހިމެނޭ ދެލި އަދި އެހެން ތަކެތި ބޭނުންކޮށްފައިވެ އެވެ.

"ފުސްބަލީބޭ" ބޯޅައިގެ އެންމެ ހާއްސަކަމަކީ މި ބޯޅައިގައި ހިމެނޭ ޓެކްނޮލޮޖީ އެވެ. މި ބޯޅައިގައި ހިމެނޭ ޗިޕްއެއްގެ އެހީގައި، މި އަހަރުގެ ޔޫރޯގައި ސެމީ އޮޓަމޭޓަޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބޭނެ އެވެ.

މީގެ އިތުރުން ހޭންޑްބޯލް ނިންމުންތަކުގައި މި ޗިޕްގެ ސަބަބުން ރެފްރީންނަށް ފަސޭހަވާނެ އެވެ. ބޯޅަ ކުޅުންތެރިއެއްގެ ގައިގައި ޖެހިލާއިރު، މި ޗިޕް މެދުވެރިކޮށް އެކަން އެނގޭނެ އެވެ.

ވޯލްޑް ކަޕް 2006 އިން ފެށިގެން މިހާތަނަށް ބޭއްވި ވޯލްޑް ކަޕް އަދި ޔޫރޯގައި ޖެހި ލަނޑުތަކުގެ ތެރެއިން ދުުރުން ޖަހާފައިވާ ލަނޑަކީ 13 ޕަސެންޓެވެ. އެ ސްޓެޓިސްޓިކްސް އަށް މި ފަހަރުގެ ޔޫރޯގައި ބޮޑު ބަދަލެއް ވަނީ އަތުވެފަ އެވެ. މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ޖެހި ގޯލުތަކުގެ ތެރެއިން 30 ޕަސެންޓާ ގާތްކުރަނީ، އޭރިއާބޭރުން ޖެހި ގޯލެވެ.

"ފުސްބަލީބޭ ފައިނަލް" ނަމުން ނަން ދީފައިވާ އަޅި ކުލައިގެ ބޯޅަ: މިއީ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލުގައި ބޭނުންކުރާނެ ބޯޅަ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox