ޔޫރޯގެ ފައިނަލުގެ ރެފްރީ އަކީ ކޯޓު އޮފިސަރެއް

Jul 14, 2024, 3:32 AM
ޔޫރޯގެ ފައިނަލުގެ ރެފްރީ އަކީ ކޯޓު އޮފިސަރެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިނާއި އިންގްލެންްޑް ކުޅޭ މެޗުގެ ރެފްރީ، ފްރާންސްގެ ފްރާންކޮއިސް ލެޓެކްސިއާ އަކީ ޕާޓް ޓައިމް އަކީ ކޮޓު އޮފިސަރެެކެވެ. ފީފާގެ ރެފްރީއެއްގެ ގޮތުގައި 2017 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ލެޓެކްސިއާ ވެގެންދާނީ ޔޫރޯ ފައިނަލުގައި ފެންނަ އެންމެ ހަގު ރެފްރީ އަށެވެ.

އުމުރުން، 35 އަހަރާއި 82 ދުވަހުގެ، ލެޓެކްސިއާ މިރޭގެ ފައިނަލުގައި އިންސާފުކުރަން ނުކުންނައިރު، އޭނާ މި ވަނީ 24 އަހަރު ވަންދެން ސްވިޑެންގެ ރެފްރީ، އެންޑާސް ފްރިސްކް އަތުގައި އޮތް ރެކޯޑް މުގުރާލައިފަ އެވެ.

އެ ގޮތުން، 2000 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި، އިޓަލީ އާއި ފްރާންސް ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރި ފްރިސްކް އަކީ މިރޭ ފައިނަލާ ހަމައަށް ޔޫރޯގެ ފައިނަލުން ފެނުނު އެންމެ ހަގު ރެފްރީ އެވެ. އެ ފަހަރު މެޗުގެ ރެފްރީކަން ކުރިއިރު، ފްރިސްކްގެ އުމުރަކީ، 37 އަހަރާއި 137 ދުވަހެވެ. އޭގެ ކުރިން، އެ ރެކޯޑް އޮތީ، 1984 ވަަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި، ސްޕެއިނާއި ފްރާންސް ބައްދަލުކުރި މެޗުގެ ރެފްރީ، ޗެކް ރިޕަބްލިކްގެ ވޮޖްޓެކް ކްރިސްޓޯފް އެވެ. އޭނާގެ އުމުރަކީ، 39 އަހަރާއި 103 ދުވަހެެވެ.

މި ފަަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ލެޓެކްސިއާ: އޭނާ އަކީ ޔޫރޯގެ ފައިނަލެއްގައި ފެންނާނެ އެންމެ ހަގު ރެފްރީ.

ލެޓެކްސިއާ، ރަސްމީކޮށް، އެންމެ މަތީ ފަންތީގައި ރެފްރީކަން ކުރަން ނުކުމެފައިވަނީ، 2016 ވަނަ އަހަރު ފްރެންޗް ލީގުގަ އެވެ. އޭނާގެ ކޮލިޓީ ރަނގަޅުވުމުން، 2017 ވަނަ އަހަރު ފީފާ ބެޖް ލިބުނެވެ. ލެޓެކްސިއާ އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗެއްގައި އިންސާފުކުރީ 2018 ވަނަ އަހަރު ބަލްގޭރިއާ އާއި ބޮސްނިއާ ކުޅުނު މެޗުގަ އެވެ.

މިހާތަނަށް ގިނަ މުބާރާތެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބިފައިވާ ލެޓެކްސިއާ ވަނީ، މިރޭގެ ފައިނަލާ ހަމައަށް 65 މެޗުގައި އިންސާފުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާގެ ޔޫތު ލީގު މުބާރާތްތަކުން ފެށިގެން ސީނިއާ މުބާރާތްތަށް ވެސް ހިމެނެ އެވެ.

ފައިނަލް މެޗަކީ ލެޓެކްސިއާ މި ފަހަރުގެ ޔޫރޯގައި ފެންނާނެ ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ލެޓެކްސިއާ ވަނީ މި ފަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ އާއި އަލްބޭނިއާ 2-2 އިން އެއްވަރުވި މެޗާއި ޑެންމާކާއި ސާބިއާ 0-0 އިން އެއްވަރުވި މެޗުގެ އިތުރުން، ގަދަ 16 ބުރުގައި، ސްޕެއިނުން 4-1 އިން ޖޯޖިއާ ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފަ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި، ހަތަރު ވަނަ އޮފިޝަަލަކަށް މަސައްކަތްކުރި ލެޓެކްސިއާ އަކީ 2023 ވަނަ އަހަރު ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ސެވިއްޔާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ވެސް ރެފްރީ އެވެ. އަދި 2021 ވަނަ އަހަރު ވިޔަރެއާލާއި މެންޗެސްޓާ ޔުނައިޓެޑުން، ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނުއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ޒިންމާއާ ހަވާލުވެހުރީ ލެޓެކްސިއާ އެވެ.

އެންމެ ފަހުން، ބޭއްވި ޔޫރޯގެ ފައިނަލުގައި ރެފްރީކަން ކުރީ، ނެދަލެންޑްސްގެ ރެފްރީ، ބިޖޯން ކުއިޕާސް އެވެ. މިހާރު ޔުއެފާގެ ރެފްރީސް ކޮމިޓީގައި މަސައްކަތްކުރަމުން އަންނަ ކުއިޕާސް ބުނީ، ޔޫރޯގެ ފައިނަލެއްގައި ރެފްރީކަން ކުރަން ލިބުމަކީ ފަހުރެއް ކަމަށެވެ. އަދި މި ފަހަރު ލެޓެކްސިއާ އަށް ޔޫރޯ ފައިނަލް ދޭން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ކުއިޕާސް ބުނީ، މުޅި މުބާރާތަށް ބަލާއިރު، ލެޓެކްސިއާގެ ނިންމުންތައް ރަނގަޅުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox