ސައުތުގޭޓް ބުނަނީ އިންގްލެންޑަށް ސްޕެއިން ބަލިކުރެވޭނީ "ޓެކްޓިކަލީ" ފުރިހަމަވެގެން ކަމަށް

Jul 13, 2024, 2:23 AM
ސައުތުގޭޓް ބުނަނީ އިންގްލެންޑަށް ސްޕެއިން ބަލިކުރެވޭނީ "ޓެކްޓިކަލީ" ފުރިހަމަވެގެން ކަމަށް

ބާލިން (ޖުލައި 13) - ޔޫރޯގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާއިރު، ސްޕެއިން އަކީ ފޭވަރިޓް ކަމަށާއި އިންގްލެންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދޭނީ "ޓެކްޓިކަލީ" ފުރިހަމަ ކުޅުމެއް ދައްކައިގެން ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ގައުމުން ބޭރުގައި އޮތް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑް ފުރަތަމަ ފަހަރަށް ދަތުރުކުރީ ސެމީ ފައިނަލްގައި ނެދަލޭންޑްސް އަތުން 2-1 އިން ފަހަތުންއަރައި މޮޅުވެގެންނެވެ.

މިއީ، ޔޫރޯގެ ފައިނަލަށް އިންގްލެންޑް ޖެހިޖެހިގެން ދަތުރުކުރި ދެ ވަނަ ފަހަރެވެ. މިއީ ވެސް އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ހާސިލްކުރެވުނު ކަމެކެވެ.

މި މެޗަށް ސްޕެއިން ނުކުންނަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސްޕެއިންއަކީ ޔޫރޯގެ މުބާރާތެއްގައި ޖެހިޖެހިގެން ހަ މެޗުން މޮޅުވި ފުރަތަމަ ގައުމެވެ. އަދި ފައިނަލް ކާމިޔާބުކޮށްފިނަމަ، ޔޫރޯ މުބާރާތެއްގައި ސައްތައިން ސައްތަ ރެކޯޑަކާއެކު ކާމިޔާބުކުރި ފުރަތަމަ ގައުމަށް ސްޕެއިން ވެގެންދާނެއެވެ.

ސްޕެއިންގެ ކުޅުމަށް މުބާރާތުގައި ތައުރީފް އޮހުނު ނަމަވެސް، އިންގްލެންޑް ފައިނަލަށް ދަތުރުކުރީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ބުނީ ފައިނަލަށް ކުރިމަތިލާއިރު ސްޕެއިން އަކީ "ފޭވަރިޓް"ކަން އޭނާވެސް ގަބޫލްކުރާ ކަމަށެވެ. އަދި ސްޕެއިންގެ މައްޗަށް ކުރި ހޯދޭނީ ފައިނަލްގައި "ޓެކްޓިކަލީ" ފުރިހަމަ ކުޅުމެއް އިންގްލެންޑް އިން ދައްކައިގެން ކަމަށެވެ.

"މި މުބާރާތުގައި ސްޕެއިން ދައްކާފައިވާ ކުޅުމަށް ބަލާއިރު އެއީ ފޭވަރިޓުން. މި މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ޓީމަކަށް ފެނުނީ ސްޕެއިން،." ސައުތުގޭޓް ބުންޏެވެ.

"އިންގްލެންޑް އިން ޖެހޭނީ ޓެކްޓިކަލީ ފުރިހަމަ ކުޅުމެއް ދައްކަން. އެއީ ސްޕެއިން އަކީ މޮޅު ޓީމަކަށްވާތީ."

އިންގްލެންޑް އިން ހިތްވަރު ހޯދާނީ 2020ގެ ޔޫރޯގެ ނާކާމިޔާބުން

ޔޫރޯގެ 2020ގެ ފައިނަލްގައި އިޓަލީ އަތުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ.

އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ އެ މެޗުގެ ނާކާމިޔާބަކީ މި އަހަރުގެ ފައިނަލަށް ނުކުންނައިރު ކުޅުންތެރިންނަށް ލިބޭ އިތުރު "މޯޓިވޭޝަން"އެއް ކަމަށެވެ.

"އިޓަލީ އެ މުބާރާތުގެ ތަށި ހޯދި އުފުލާލި މަންޒަރު އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ،" ރައިސް ބުންޏެވެ.

"އަނެއްކާވެސް މި އޮތީ އަހަރަމެންނަށް ތާރީހުން ޖާގަ ހޯދަން ފުރުސަތު ލިބިފައި. މި ފަހަރުވެސް މި ނުކުންނަނީ ވަރުގަދަ ޓީމަކާ ދެކޮޅަށް. އަހަރަމެން ސްޕެއިންއަށް އިހުތިރާމްކުރަން."

އިންގްލެންޑްގެ މިޑްފީލްޑަރު, ކޯލް ޕާމާ ބުނީ ފައިނަލް ކާމިޔާބުކުރުމަކީ އިންގްލެންޑްގެ ކުޅުންތެރިންގެ "ދިރިއުޅުން ބަދަލުވާނެ" ކަމެއް ކަމަށެވެ.

"ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާ އަށް ލިބޭނެ ފަހުރެއް ތަށި ކާމިޔާބުކުރުމަކީ،" ޕާލްމާ ބުންޏެވެ.

އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ބުނީ، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި ހަނދާން އަދިވެސް ހިތުގައި އެބަހުރި ކަމަށެވެ. އަދި އެކަމުން އަރައިގަންނަން ކުޑަ ވެސް ފުރުސަތެއް އޮތީ، މި ފަހަރުގެ ޔޫރޯގެ ފައިނަލުން މޮޅުވެގެން ކަމަށް ވެސް ކޭން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox