ރަސްމާލެ މަޝްރޫއުގެ ނަމުގައި ހިންގި ސްކޭމަކުން 1.9 މިލިއަން ރުފިޔާ ފޭރިގަނެއްޖެ

ރަސްމާލެ މަޝްރޫއުގައި ހިއްކާފައިވާ ބިން : އެ މަޝްރޫއުގެ ނަމުގައި ހިންގި ސްކޭމަކުން 1.9 މިލިއަން ރުފިޔާ ވަނީ ފޭރިގަނެފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރަސްމާލެ މަޝްރޫއުގައި ހިއްކާފައިވާ ބިން : އެ މަޝްރޫއުގެ ނަމުގައި ހިންގި ސްކޭމަކުން 1.9 މިލިއަން ރުފިޔާ ވަނީ ފޭރިގަނެފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުން މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކާ ރަސްމާލޭގެ ނަމުގައި ތަރައްގީކުރާ މަޝްރޫއަށް ސަޕްލައި ހޯދުމުގެ ނަމުގައި ހިންގި ސްކޭމެއްގައި ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބަލަމުންދާ ސްކޭމްގެ މައްސަލަތަކުގެ ތަފުސީލު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި ފަހުން ކުންފުންޏެއްގެ އެކައުންޓުން ދެ މިލިއަނެއްހާ ރުފިޔާ ފޭރިގަތް ސްކޭމް ހިންގާފައިވަނީ ރަސްމާލޭގެ ނަމުގައި ކަމަށެވެ.

"ނުދަންނަ ނަމްބަރަކުން ގުޅާ ރަސްމާލެ ޕްރޮޖެކްޓަށް ސަޕްލައި ކޮށްދިނުމަށް އެދި އައި ހުށަހެޅުމަކަށް ޖަވާބުދީ އެ ޕްރޮޖެކްޓަށް ސަޕްލައި ކުރުމަށްޓަކައި މި ބޭނުންވާ ތަކެއްޗާ ބެހޭގޮތުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ކުރިން ދެންނެވި ގޮތަށް އެކައުންޓް ކޮމްޕްރޮމައިޒް ކުރަން ބޭނުންވާ މައުލޫމާތުތައް ހޯދައިގެން ހިންގިފައިވާ މުއާމަލާތެއް،" އޭނާ ވިދާޅުވި އެވެ.

މި ސްކޭމް ހިންގީ ޖޫން 18, 2024 ގައި އެ ކުންފުނީގެ ހިއްްސާދާރަކަށް ގުޅައި ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ރަސްމާލެ ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ކަމަށް ބުނެ ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް ހޯދައިގެންނެވެ.

އެއަށްފަހު އެމީހާގެ އެކައުންޓުން 25,000ރ. އަދި ވިޔަފާރީގެ އެކައުންޓުން 1,897,016ރ. ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން 548,860ރ. އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ސްކޭމް ހިންގިއިރު 2.6 މިލިއަން ރުފިޔާ ވިޔަފާރީގެ އެކައުންޓުގައި ހުރި ކަމަށާއި އެތަނުން ސަލާމަތް ކުރެވުނީ އެންމެ 800,000ރ. ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox