ބޮޑުފިނޮޅު ކުއްޔަށް ދިނީ ކައުންސިލާ މަޝްވަރާ ނުކޮށް، ގާނޫނާ ހިލާފަށް: ވ. އަތޮޅު ކައުންސިލް

ވ. ބޮޑުފިނޮޅު: ވ. އަތޮޅު ކައުންސިލުން ބުނީ އެތަން ކުއްޔަށް ދިނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް --

ވ. ބޮޑުފިނޮޅު: ވ. އަތޮޅު ކައުންސިލުން ބުނީ އެތަން ކުއްޔަށް ދިނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް --

ވ. ކޮޅުދިއްފުށި ފަޅުގައި އޮންނަ ބޮޑުފިނޮޅު ކުއްޔަށް ދިނީ އެ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުއްޔަށް ދޫކުރަންވާނީ ކައުންސިލާ މަޝްވަރާ ކޮށްގެންނެވެ.

ނަމަވެސް ވ. އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑުފިނޮޅު ސަރުކާރުން ކުއްޔަށް ދީފައިވާއިރު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

"މިކަން މިގޮތަށް ކުރުމުން ވ.އަތޮޅުގެ ފަތުރުވެރިކަން ހަލާކުވެ ސަރަހައްދީ ފަތުރުވެރިކަމަށް ވެސް ނުހަނު ގެއްލުން ލިބުމުގެ އިތުރުން އާއްމު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކާއި ނުތަނަވަސްކަން އުފެދި މިކަމުގެ ސަބަބުން ހީވެސް ނުކުރާފަދަ ގެއްލުންތައް ލިބިދާނެ ކަމަށް ގަބޫލު ކުރަން،" އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ބޮޑުފިނޮޅަކީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ދަތުރު ދިޔުމަށް އަދި ފަތުރުވެރިކަމުގެ އެޓްރެކްޝަނެއް ގޮތުގައި ތަރައްގީކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ކަމަށެވެ.

އެގޮތުން ކައުންސިލް ޖަލްސާގައި ނިންމި ގޮތަށް އެތަން ބޭނުންކުރާނެ ގޮތް ވާނީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ގުޅުންހުރި މިނިސްޓްރީތަކަށް ފޮނުވާފައި ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް މިއަދު މެންދުރު "ބޮޑުފިނޮޅު މުޒާހަރާ" ގެ ނަމުގައި ބޮޑު މުޒާހަރާއެއް ވ. ކޮޅުދިއްފުށީގައި ކުރުމަށް ވަނީ ރާވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox