ލާމު ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ ކާރުގައި ރޯވީ ލ. މާންދޫއިން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރޯވި އަލިފާން މިހާރު ވަނީ ނިއްވާލައިފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯއިން ފެންނަ ގޮތުގައި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް އަލިފާން ރޯވި އެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެކުރިން މާލޭގައި ވެސް ކާރު އަދި ސައިކަލު ދުއްވާފައި ދަނިކޮށް ރޯވެފައި އެބަހުއްޓެވެ. ނަމަވެސް މިފަދަ ހާދިސާއެއް ލާމުގައި ހިނގާފައި މިވަނީ ފުރަތަމަ ފަހަރަށެވެ.












