އުރީދޫގެ އެމް-ފައިސާއިން ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ

އުރީދޫގެ އެމް-ފައިސާއިން ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުން -- ފޮޓޯ: އުރީދޫ

އުރީދޫގެ އެމް-ފައިސާއިން ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާއިން އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް، ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.

ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ އެވެ.

ލައިސަންސަށް ފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށް ވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޙިދުމަތެކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭއަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މި އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެއް. އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

އުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.

އެމް-ފައިސާ މެދުވެރިކޮށް ކުރެވޭ ކަންކަން:

• އަވަސް އަދި ފަސޭހަ ޕޭމަންޓް: ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުން.

• ސެކިއުރިޓީ އިތުރުކުރުން: ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުން.

• ޔޫޒާ ފްރެންޑްލީ އިންޓަފޭސް: ފަސޭހަކަމާއެކު މުއާމަލާތްތައް ނެވިގޭޓްކޮށް ފުރިހަމަކޮށް، ޑިޖިޓަލް ޕޭމަންޓްތައް ކޮންމެ މީހަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

• 24/7 މެދުނުކެނޑޭ ހިދުމަތް: އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން.

އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ.

ބަނޑޭރި ޕޭގައި އެމް-ފައިސާ ބޭނުންކުރެވެން ފެށުމުން، ޑިގިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުން މިދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ކުންފިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox