ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން ވަޓްކިންސް އަށް އޮތް

Jul 11, 2024, 5:47 AM
ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން ވަޓްކިންސް އަށް އޮތް

ޑޯޓްމަންޑް (ޖުލައި 11) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ އިތުރު ވަގުތުގައި އިންގްލެންޑް މޮޅުކޮށްދިން ލަނޑު ޖެހި ފޯވާޑް އޮލީ ވަޓްކިންސް ބުނެފި އެވެ.

ޒަވީ ސިމޯންސް އޭރިއާބޭރުން ޖެހި ގޯލުން ނެދަލެންޑްސް ލީޑުނަގާފައި އޮއްވައި، އިންގްލެންޑުން ފުރަތަމަ ހާފުގައި އެއްވަރުކުރީ ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. ކޭންގެ ބަދަލުގައި ކުޅެން އެރި، ވަޓްކިންސް ވަނީ ލިބުނު ފުރަތަމަ ފުރުސަތުގައި، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، އިންގްލެންޑް ފައިނަލަށް ގެންގޮސްދިން ލަނޑު ޖަހައިފަ އެވެ.

"އެތައް ހަފްތާއެއް މި ކަމަށް އިންތިޒާރުކޮށްފިން. އަހަރެން މި ހުރި ހިސާބަށް އަންނަން އެތައް މަސައްކަތެއް ކޮށްފިން. ދެން، މި ފުރުސަތު ލިބުނީތީވެ ވަރަށް ބޮޑަށް އުފާކުރަން،" ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ގޯލުން ވެސް އެ ޓީމު ފައިނަލަށް ގެންގޮސްދެވުމާ ބެހޭގޮތުން ވަޓްކިންސް ބުންޏެވެ.

"އަހަންނަށް އޮތް ވަރަށް ޔަގީންކަން. އަހަރެންް މެޗަށް އެރުމުގެ ކުރިން ވެސް އަހަރެން ބުނިން، ކޯލް (ޕާމާ) ގާތުގައި، އޭނަ އަހަންނަށް ދޭ ބޯޅައަކުންނޭ އަހަރެން މޮޅުވާ ލަނޑު ޖަހާނީ، އެ ޔަގީންކަން މި ފެނުނީ، އެ ކަން ދަނޑުމަތީގައި މި ހިނގީ،"

މިއީ ގައުމުން ބޭރުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން އިންގްލެންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ އިންގްލެންޑްގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ. އިންގްލެންޑުން މީގެ ކުރިން 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކުޅުނީ އެ ގައުމުގަ އެވެ. އަދި 2020 ވަނަ އަހަރުގެ (2021 ގައި ކޮވިޑްގެ ސަބަބުން ބޭއްވި) ޔޫރޯގެ ފައިނަލް ވެސް އޮތީ އިންގްލެންޑްގަ އެވެ.

އިންގްލެންޑުން އެންމެ ފަހުން އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފައިނަލުގައި އިޓަލީ އަތުން ބަލިވީ ޕެނަލްޓީ ޖަަހައިގެންނެވެ.

ރޭގެ މެޗަށް ފަހު، އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ، މި މޮޅާ އެކު، އެ ޓީމުން ޓީމެއްގެ ގޮތުގައި ހޯދަމުން އަންނަ ކުރިއެރުން ވަޒަންކުރެވިއްޖެ ކަމަށާއި ދެން އޮތީ ތަށި ހޯދަން ކުރަން ޖެހޭ މަސައްކަތަށް ތައްޔާރުވުން ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ޔޫރޯގެ ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދައި، މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ސްޕެއިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox