ކޫމަން ބުނީ ވީއޭއާރްއާ ހެދި ފުޓްބޯޅަ ކުޅެެވެން ނެތް ކަމަށް

Jul 11, 2024, 5:26 AM
ކޫމަން ބުނީ ވީއޭއާރްއާ ހެދި ފުޓްބޯޅަ ކުޅެެވެން ނެތް ކަމަށް

ޑޯޓްމަންޑް (ޖުލައި 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުަގެ ސެމީ ފައިނަލުގައި ނެދަލެންޑްސް އަތުން 2-1 އިން އިންގްލެންޑް މޮޅުވެ، ފައިނަލަށް ދަތުރުކުރި މެޗުގައި އެ ޓީމަށް ދިން ޕެނަލްޓީ އަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ހަތް ވަނަ މިނިޓްގައި ޒަވީ ސިމޯންސް ނެދަލެންޑްސް އަށް ލީޑުނަގައިދީފައި އޮއްވައި، 11 ވަރަކަށް މިނިޓް ފަހުން އިންގްލެންޑުން އެއްވަރުކުރީ މައްސަލަ ބޮޑުވި ޕެނަލްޓީއަކުންނެވެ.

އެ ގޮތުން، މެޗުގެ 18 ވަނަ މިނިޓްގައި އިންގްލެންޑްގެ ކޭން އަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ބަހައްޓާފައި ހުރި މޮނީޓަރުން ބެލުމަށް ފަހު، ރެފްރީ، ފީލިކްސް ޒްވޯޔާ ޕެނަލްޓީއެއް ދިނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި، ޑަމްފްރީސް ފައި ކޭން ގައިގައި ޖެހެނީ އޭނާ ޝޮޓް ޖަހާ ފަހުންނެވެ.

ރޭގެ މެޗުގެ ތެރެއިން ކޭން (ކ) އަށް ޑަމްފްރީސް ފައުލުކުރި ކަމަށް ބުނެ، ޕެނަލްޓީ ދިން ފައުލް.

ކޫމަން ބުނީ ވީއޭއާރްގެ އެ ނިންމުމާ ހެދި މެޗު ހަލާކުވިކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އެއީ ޕެނަލްޓީއެއް ނޫން. ބޯޅަ ޖެހީމަ ދެން، ދެ ކުޅުންތެރިން ބޫޓު މި ޖެހިލީ. މި ވީއޭއާރްގެ ސަަބަބުން އެންމެ ރަނގަޅު ފުޓްބޯޅައެއް ކުޅެވެން ނެތް. މީގެ ސަބަބުން ފުޓްބޯޅަ ހަލާކުކޮށްލައިފި،" ހިތްހަަމަ ނުޖެހިފައި ހުރި ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބުނީ، އެ ޕެނަލްޓީގެ ނިންމުމަކީ މެޗު އެނބުރުނު ހިސާބު ކަމަށެވެ. އެ ނިންމުމާ އެކު، ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އިންގްލެންޑްގެ ކޮންފިޑެންސް ލެވަލް ރަނގަޅުވި ކަމަށް ވެން ޑައިކް ބުނެފައިވެ އެވެ.

"ވަރަށް ގިނަ ނިންމުންތައް ގޮސްފައި ހުރީ އަހަރެމެންނާ ދެކޮޅަށް. އެކަމަކު، އަހަރެން ބޭނުމެއް ނޫން ސީދާ ރެފްރީގެ ވާހަކަ ދައްކަން، މެޗުގެ ފަހު ކަށިގަނޑާ ހަމައިން ރެފްރީ ސީދާ ދުވެފައި ގޮސް ޓަނަލް އަށް ވަނީމަ، މީގެއިން ވެސް އެބަ އެނގޭ ކަންތައްތަކެއް،" ވެން ޑައިކް ބުންޏެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި އިންގްލެންޑް ކުޅޭނީ ސްޕެއިންއާ އެވެ.

ނެދަލެންޑްސް މި ވަނީ ރޭގެ ނަތީޖާ އަށް ފަހު ޖެހިޖެހިގެން ހަތަރު ސެމީ ފައިނަލުން ބަލިވެފަ އެވެ.

ޔޫރޯގެ ޗެމްޕިއަންކަން، 1988 ވަނަ އަހަރުގެ މުބާރާތުގައ ހޯދި ނެދަލެންޑްސް މި ވަނީ 1992، 2000، 2004 އަދި މި ފަހަރުގެ ޔޫރޯގެ ސެމީން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox