ނެދަލެންޑްސް ބަލިކޮށް އިންގްލެންޑް ޔޫރޯގެ ފައިނަލަށް

Jul 10, 2024, 8:56 PM
އިންގްލެންޑް މޮޅުވި ގޯލު ޖެހުމަށް ފަހު ވަޓްކިންސް އުފާފާޅުކުރަނީ.

އިންގްލެންޑް މޮޅުވި ގޯލު ޖެހުމަށް ފަހު ވަޓްކިންސް އުފާފާޅުކުރަނީ.

ޑޯޓްމަންޑް (ޖުލައި 11) ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އޮލީ ވަޓްކިންސް އިތުރު ވަގުތުގައި ޖެހި ގޯލާ އެކު، ފަހަތުން އަރައި، 2-1 އިން ނެދަލެންޑްސް ބަލިކޮށް އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން، ޔޫރޯގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑުން މި ފަހަރުގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭނީ ސްޕެއިނާ ދެކޮޅަށެެވެ.

މިއީ ގައުމުން ބޭރުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން އިންގްލެންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ އިންގްލެންޑްގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ.

މީގެ އިތުރުން، 1988 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަން، ނެދަލެންޑްސް މި ވަނީ ޖެހިޖެހިގެން ހަތަރު ސެމީ ފައިނަލުގައި ބަލިވެފަ އެވެ. އެއީ، 1992، 2000 އަދި 2004 ވަނަ އަހަރަށް ފަހު، މި ފަހަރުގެ މުބާރާތުގަ އެވެ.

ނެދަލެންޑްސްގެ ޒަވީ ސިމޯންސް ގޯލަށް ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގެ މަޝްހޫރު ސިގްނަލް އިޑޫނާ ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ނެދަލެންޑްސް އިން ލީޑުނެގި އެވެ. މިއީ، އޭރިއާބޭރުން ޒަވީ ސިމޯންސް ޖެހި މޮޅު ގޯލެކެވެ. އެ ގޮތުން، ސިމޯންސް ޖެހި ޝޮޓް ގޯލުގެ މަތީ ކަނަށް އަމާޒުވީ އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް އަތްމަތިންނެވެ.

ލީޑުނެގި ނަމަވެސް، ނެދަލެންޑްސް އަށް މާ ގިނައިރު ހިފަހައްޓައިނުލެވުނެވެ. އެ ގޮތުން، މެޗުގެ 18 ވަނަ މިނިޓްގައި އިންގްލެންޑްގެ ހެރީ ކޭން ވަނީ ޕެނަލްޓީ އެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މިއީ، އިންގްލެންޑްގެ ކޭން އަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ބަހައްޓާފައި ހުރި މޮނީޓަރުން ބެލުމަށް ފަހު، ރެފްރީ، ފީލިކްސް ޒްވޯޔާ ދިން ޕެނަލްޓީ އެކެވެ.

އިންގްލެންޑްގެ ކޭން ލަނޑު ޖެހުމަށް ފަހު އުފާާފާޅުކުރަނީ.--

ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލަން، އިންގްލެންޑުން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. މި ދެ އެޓޭކް ވެސް ކުރި އިނގިރޭސި މިޑްފީލްޑަރު، ފިލް ފޯޑެން އެވެ. އޭރިއާބޭރުން ފޯޑެން ޖެހި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރުވިއިރު، އޭރިއާތެރެއިން ފޯޑެން ޖެހި ބޯޅަ ހުއްޓުވީ ގޯލު ރޮނގުމައްޗަށް ރަނގަޅު ވަގުތުގައި ދިޔަ ޑަމްފްރީސް އެވެ.

މި މެޗުގައި ނެދަލެންޑްސްގެ އެޓޭކުގައި މައްސަަލަ ދިމާވި އެއް ކަމަކީ، އަނިޔާގެ ސަބަބުން އެ ޓީމުގެ މެމްފިސް ޑިޕާއި ބަދަލުކުރަން ޖެހުމެވެ.

ނެދަލެންޑްސް އަށް އަލުން ލީޑުނަަގައިދިނުމާ ގާތަށް ޖެހިލީ ވެސް ޑަމްފްރީސް އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް ޑަމްފްރީސް ބޮލުން ފޮނުވާލި ނަމަވެސް، ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ނެދަލެންޑްސް އަށް ލީޑުނަަގައިދޭން ވާޖިލް ވެން ޑައިކް ޖެހި ބޯޅައެއް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

ނެދަލެންޑްސް މޮޅުވީ ބަަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނުން ފެނުނު ގޯލަކުންނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، އިންގްލެންޑްގެ ކޯލް ޕާމާ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ވަޓްކިންސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox