ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރި ފ. ބިލެތްދޫ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފި އެވެ.

ބިލަތްދޫގެ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަގާމުގައި ހުރި އެރަށު، އަހުސަން ހުސައިން އަށް ފެނަކަ ކޯޕަރޭޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރަމުން ދާތީވެ މި މަހުގެ 4 ވަނަ ދުވަހުގެ ފެށިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އަހްސަން "އަދަދު" ނޫހަށް ބުނީ ވަޒީފާ ގުޅުން ހުރި މައްސަލައެއްގައި ސަސްޕެންޑު ކުރަންޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަންއިން ތަހުގީގެއް ކުރަމުން ދާކަމަށް ބުނެފައިވާތީ އިތުރު ވާހަކަ މި ވަގުތު ދައްކަން އޭނާ ބޭނުމެއް ނުވެ އެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ބިލެތްދޫ މީހަކު ބުނީ އަހުސަން ސަސްޕެންޑުކުރީ މި މަހުގެ 20 ގައި ބާއްވާ، ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހުސަންގެ މައްސަލައެއް ތަހުގީގުކުރަމުން ދާއިރު، އެއީ ކޮން ކަމެއް ވެސް އަންގާފައެއް ނެތް. ހަމައެކަނި ސަބަބެއް ކަމަށް އެންމެން ވެސް ގަބޫލު މި ކުރެވެނީ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރުން. އަހުސަން އެ ކެންޑިޑޭޓަށް ތާއިދު ނުކުރާކަން އެންމެނަށް ވެސް އެނގޭ. ދެން ކުއްލިއަކަށް މިއައީ ސަސްޕެންޝަން،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެނަކައިން ވަރަށް ގިނަ މީހުންނަށް ވަޒީފާ ދީފައިވޭ. އަހުސަން ސަސްޕެންޑުކުރީ އެ ސްޓާފުންނަށް ވެސް ބިރު ދެއްކުމަށް ކަމަށް ގަބޫލު ކުރެވޭ."

ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާއަށް އިންތިހާބު ވުމުންނެވެ.

ސަސްޕެންޑުކޮށްފައިވާ އަހުސަން ފެނަކައިގެ ވަޒީފާއާ ގުޅުނީ 2021 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox