އެމްބާޕޭ ދެކޭގޮތުގައި ޔޫރޯގައި އޭނާ ވީ "ފެއިލް"

Jul 10, 2024, 6:30 AM
އެމްބާޕޭ ދެކޭގޮތުގައި ޔޫރޯގައި އޭނާ ވީ "ފެއިލް"

މިއުނިކް (ޖުލައި 10) - ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ދެކޭގޮތުގައި، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އޭނާ އަށް ފެއިލިއާއެއް ކަމަށް ބުނެފި އެވެ.

ފްރާންސް ކެޓީ، ރޭ ކުުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-1 އިން ބަލިވުމުންނެވެ. އެމްބާޕޭ ދިން ބޯޅައަކުން ރަންޑަލް ކޯލޯ މުއާނީ ޖެހި ގޯލުން ފްރާންސް އިން ލީޑުނެގި ނަމަވެސް، 16 އަހަރުގެ ލަމީން ޔަމާލް އާއި ޑެނީ އޯލްމޯ ޖެހި ގޯލުތަކުން، ސްޕެއިނުން ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައި މެޗުން މޮޅުވީ އެވެ.

މެޗަށް ފަހު، އެމްބާޕޭ ދިން އިންޓަވިއުއެއްގައި ބުނީ، ޔޫރޯގައި އޭނާ ވީ ފެއިލް ކަމަށެވެ.

"އަހަރެން ބޭނުންވީ ތަށި ހޯދަން. އެކަން ހާސިލްނުވީމަ އެ ދެން ފެއިލްވީ، އެ ނޫން އިތުުރު ކަމަކަށް ޓާގެޓެއް ނުކުރަން،" އެމްބާޕޭ ބުންޏެވެ.

އަންނަ ސީޒަނުން ފެށިގެން ރެއާލް މެޑްރިޑަށް ކުޅެން ތައްޔާރުވަމުން އަންނަ އެމްބާޕޭ ބުނީ، ދެން ވިސްނުން ހުރީ ފުޓްބޯޅައިން ރަނގަޅު ބްރޭކެއް ނަގައި، ހަށިގަނޑު އެއްކޮށް ފިޓްވާ ވަރަށް އަރާމްކުރުމަށް ފަހު އެނބުރި އައުމަށް ކަމަށެވެ.

މި ފަހަރުގެ ޔޫރޯގައި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް އެއް މެޗު ގެއްލުނުއިރު، ދެން ކުޅުނު މެޗުތަކުގައި މާސްކް އަޅައިގެން ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެކަމަކު، ރޭގެ ސެމީ ފައިނަލުގައި އެމްބާޕޭ ކުޅުނީ މާސްކް ނާޅަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ، ވަރަށް އަވަހަށް ނޭފަތުގެ އޮޕަރޭޝަނެއް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ، އެ ޓީމަށް ޔޫރޯގެ ދެ މުބާރާތް ކުޅެދިންއިރު، ޖެހުނީ އެންމެ ލަނޑެކެވެ. އެއީ، މި ފަހަރުގެ މުބާރާތުގައި ޕޮލެންޑް ކޮޅަށް ޖެހި ޕެނަލްޓީ އެވެ. އެންމެ ފަހުން ޔޫރޯގައި ފްރާންސް ކެޓީ ގަދަ 16 ޓީމުގެ ބުރުން ޕެނަލްޓީ ޖަހައިގެން ސްވިިޒަލެންޑް އަތުން ބަލިވުމުންނެވެ. އެ މެޗުގައި، އެމްބާޕޭ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox