އުނދަގޫ ހާލަތަކާ އެކު ވެސް ކޫމަން ހުރީ ސެމީއާ މެދު ޕޮޒިޓިވްކޮށް

Jul 10, 2024, 6:18 AM
އުނދަގޫ ހާލަތަކާ އެކު ވެސް ކޫމަން ހުރީ ސެމީއާ މެދު ޕޮޒިޓިވްކޮށް

ޑޯޓްމަންޑް (ޖުލައި 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ތައްޔާރީތަކުގެ ތެރެއިން، ނެދަލެންޑްސް އަށް ކުރިމަތިވި ދަތުރުފަތުރުގެ ޑިލޭތަކުގެ ސަބަބުން އުނދަގޫ ހާލަތެއް އައި ނަމަވެސް މެޗާ މެދު އޮތް ވިސްނުމާއި ތައްޔާރީތަކަށް ބަދަލެއް ނާންނަ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ސެމީ ފައިނަލްގެ ތައްޔާރީތަކަށް ނެދަލެންޑްސް އިން ވުލްފްސްބާގުން، ޑޯޓްމަންޑަށް ދާން ހަމަޖެހުނު ޓްރާންސްޕޯޓްގެ ކަންކަން ފަހު ވަގުތު ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އެހެންވެ، ނެދަލެންޑްސް އިން ޓްރެއިނިން ޝެޑިއުލަށް ބަދަލު ގެނެސް، ދަތުރުކުރީ ފްލައިޓެއްގަ އެވެ.

"މާ ބޮޑު މައްސަލައެއް ނެތް، އަހަރެމެން އެ ދުވަހު އަރާމްކުރިން. އަހަރެމެން 30 މިނިޓްގެ ފްލައިޓް ދަތުރެއް ނިންމާފައި އައިސް ހޮޓަލުގައި ވެސް އަރާމްކުރަން ވަގުތު ލިބުނު،" ދަތުރުފަތުުރުގެ ޑިލޭތަކާ ހެދި ލަސްކޮށް، ބާއްވަން ޖެހުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުންޏެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނެދަލެންޑްސް އާއި އިންގްލެންޑްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. ކޮންމެ ޓީމެއް މީގެ ކުރިން ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެކަމަކު، ނެދަލެންޑްސް އިން އެންމެ ފަހުން، އިންގްލެންޑާ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ، އެންމެ ފަހަރަކު އެވެ. އެހެން ނަމަވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭން ކޫމަން ވަނީ ނިންމައިފަ އެވެ.

"މި ދެ ޓީމުގެ (ނެދަލެންޑްސް އާއި އިންގްލެންޑްގެ) މާ ބޮޑު ފަރަގެއް ނެތްކަން އަހަންނަށް އެނގޭ، އަހަރެންގެ ނަޒަރުގައި މިއީ 50-50 މެޗެއް. މޮޅުވަންޏާ އަހަރެމެން އެބަޖެހޭ ވަރަށް ފުރިހަަމަ ގޭމެއް ކުޅެން،" ކޫމަން ބުންޏެވެ.

ކުއާޓާ ފައިނަލުގައި އިންގްލެންޑުން ސްވިޒަލެންޑް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ނެދަލެންޑްސް އިން ވަނީ، މެޗުގެ ފުރިހަމަ ވަގުތުގައި ތުރުކީ ބަލިކޮށްފަ އެވެ. ރިކަވަރީ ވަގުތަށް ބަލާއިރު، އިންގްލެންޑަށް ލިބުނީ ނެދަލެންޑްސް އަށް ވުރެ މަދު ވަގުތެވެެ. އެއީ މިރޭގެ މެޗަށް ނުކުންނައިރު، އެޑްވާންޓޭޖެއްތޯ އެހުމުން، ކޫމަން ބުނީ، މިރޭގެ މެޗުގެ ފަހުކޮޅަށްދާއިރު، ނެދަލެންޑްސް އަށް އޭގެ ފައިދާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިންގްލެންޑާއި ނެދަލެންޑްސް ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox