ސެމީގެ ކުރިން ސައުތުގޭޓަށް އާ ބޮލުގެ ރިހުމެއް

Jul 10, 2024, 6:02 AM
ސެމީގެ ކުރިން ސައުތުގޭޓަށް އާ ބޮލުގެ ރިހުމެއް

ޑޯޓްމަންޑް (ޖުލައި 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ނެދަލެންޑްސްއާ ކުޅޭއިރު، ޓީމު ނެގުމުގެ ކަންކަމާއި ރިކަވަރީ އާއި ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ފޯމާ މެދު އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ކުރިއަށް ވުރެ ބޮޑަށް ވިސްނަން ޖެހޭ ކަމަށް ބުނެފި އެވެ.

އިންގްލެންޑްގެ ކޯޗުކަން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ސައުތުގޭޓް މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް ކާމިޔާބު ހޯދައިނުދެވިއްޖެނަމަ މަގާމުގައި ދެމިނުހުރެވޭނެ މޭރުމަަކުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެހެންކަމުން، މިރޭ ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗަކީ، ސައުތުގޭޓްގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައި އޮތް މެޗެކެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައުތުގޭޓް ވަނީ އޭނާ އިނގިރޭސި ޓީމު ނަގާގޮތް މީޑިއާގެ ބަހުސަކަށްވާއިރު، ބައެއް ފަހަރު، އިދިކޮޅު ޓީމަށް މުހިންމު މައުލޫމާތުތަކެއް ލިބޭ ގޮތަށް ޓީމުގެ މައުލޫމާތު ލީކުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެކަމަކު، އެ އަށް ވިސްނަން ޖެހޭ ވަރަށް ވުރެ މިހާރު ފުޓްބޯޅައިގެ ކަންކަން ތަފްސީލީ ނަޒަރަކުން ބަލާތީއާ އެކު، ޓީމު ނެގުމުގެ ކަންކަން ބޮލުގެ ރިހުމަކަށްވާ ކަމަށެވެ.

"އެންމެ ހާއްސަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ރަނގަޅު ޓީމު ނެގުން. ރަނގަޅަށް ސްކޮޑު މެނޭޖްކުރުން. މިހާރު ފުޓްބޯޅައިގައި މި ގެންގުޅޭ ރިކަވަރީ ސްޓްރެޓަޖީސް މި ފެންނަނީ މުޅިން ތަފާތުކޮށް، ވަރަށް ތަފްސީލުކޮށް ފުޓްބޯޅައިގެ ސައިންސް ކަންކަން މި ހުންނަނީ، އެހެންވީމަ، މުބާރާތެއްގެ ފަހުކޮޅަށްދާއިރު ކޯޗަށް އޮންނަ ބޮލުގެ ރިހުން ބޮޑު،" ސައުތުގޭޓް ބުންޏެވެ.

ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން މޮޅުވި މެޗުގައި، ދެއްކި ހިތްވަރަށް ވުރެ އެއް ހަރުފަތް މައްޗަށް ޓީމުގެ ހުރިހާ ކަމެއް ގެންގޮސްގެން ނޫނީ އިންގްލެންޑަށް ނެދަލެންޑްސްގެ މައްޗަށް ކާމިޔާބު ނުހޯދޭނެ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އިންގްލެންޑް ކުޅުންތެރިން މިރޭގެ މެޗުގެ ކުރިން ޕެނަލްޓީ ޝޫޓައުޓާ ބެހޭގޮތުން، މަޝްވަރާ ކުރުމާއި މީޑިއާ އިންޓަވިއު ދިނުން ސައުތުގޭޓް ވަނީ މަނާކޮށްފަ އެވެ. އަދި ޕެނަލްޓީ އަށް ތައްޔާރުވުމަކީ ވަކި ޑިޕާޓްމަންޓެއްގެ ކަމެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްޕެއިނާއި ނެދަލެންޑްސް ކުޅޭ ހަތަރު ވަނަ މެޗެވެ. މީގެ ކުރިން، 1988 ވަނަ އަހަރުގެ ޔޫރޯގައި ނެދަލެންޑްސް 3-1 އިން ވަނީ މޮޅުވެފަ އެވެ. އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި އެއްވަރުވިއިރު، 1996 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް ވަނީ 4-1 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

ނެދަލެންޑްސް އާއި އިންގްލެންޑް ކުޅޭ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލް ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox