އޮކޯޗާގެ ހިތުގައި ރާއްޖެއާ ގުޅިފައި އޮންނާނީ އުފާވެރި ހަނދާންތައް

އޮކޯޗާ، މީޑިއާތަކަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އޮކޯޗާ، މީޑިއާތަކަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އައިސް ތަފާތު އެކި ހަރާކްތަކުގައި ބައިވެރިވި، ޕީއެސްޖީގެ ލެޖެންޑް، ނައިޖީރިއާގެ ޖޭޖޭ އޮކޯޗާގެ ހިތުގައި ރާއްޖެއާ މެދު އަބަދުވެސް އޮންނާނީ އުފާވެރި ހަނދާންތަކެއް ކަމަށް ބުނެފި އެވެ.

އުރީދޫއާ އެކު، އޮކޯޗާގެ މި ދަތުރު ކަވަރުކުރުމަށް، ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވި މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޮކޯޗާ، 50، ވަނީ ރާއްޖޭގެ މެހެމާންދާރީ އަށް ޝުކުރުއަދާކޮށްފަ އެވެ.

އެ ގޮތުން، އޮކޯޗާ ވަނީ ޕީއެސްޖީގެ ކޯޗިން ކްލިނިކެއް މާލޭގައި ހިންގުމުގައި ބައިވެރިވުމާއި، ލ. ގަމުގަައި ކުރިއަށްދިޔަ ފަން ރަންގައި ބައިވެރިވުމުގެ އިތުރުން، ގަލޮޅު ދަނޑުގައި ހާއްސަ ފުޓްސަލް މެޗެއް ވެސް ކުޅެފަ އެވެ.

"ވަރަށް އުފާވެރި ދުވަސްތަކެއް މި ހޭދަކުރީ، ދުނިޔެ މަތީގެ ސުވަރުގެ މިއީ. އަހަރެން ވަރަށް އުފާވެރި ކޯޗުންނާ އެކު މަސައްކަތްކުރަން ލިބުނީމަ ވެސް. ކުޑަކުދިންނާ އެކު ކުރެވުނު ތަޖުރިބާ ވެސް ރަނގަޅު. ވަރަށް އަދަޔާހިލާފު ހުނަރުވެރި ކުދިން ވެސް އެބަހުރި. ވަރަށް ފުރިހަމަ މެހެމާންދާރީއެއް މި ލިބުނީ، ވަރަށް ވެސް އުފާވެރި ވަގުތުތަކެއް،" ރާއްޖެއާ މެދު ދެކޭގޮތެއް ހިއްސާކުރަމުން، އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި، އޮކޯޗާ ބުންޏެވެ.

އޮކޯޗާ (ވ) ގަލޮޅު ދަނޑުގައި ކުޅުނު ފުޓްސަލް މެޗުގެ ތެރެއިން، މާޒިޔާގެ ހައިޝަމް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އޮކޯޗާގެ ފުޓްބޯޅަ ހަޔާތުގައި، އޭނާ ވަނީ ޖަރުމަނު، ފްރާންސް، އިންގްލެންޑް އަދި ތުރުކީ ފަދަ ޔޫރަޕް ފުޓްބޯޅައިގެ ވަރުގަދަ ގައުމުތަކުގައި ކުޅެފަ އެވެ. އޭގެ ތެރެއިން ވެސް ޕީއެސްޖީ އޭނާ އަށް ހާއްސަވާ ސަބަބެއް އެބައޮތެވެ. އެ ގޮތުން، 1998 ވަނަ އަހަރު ޕީއެސްޖީން އޮކޯޗާ ގަތީ 18 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޮކޯޗާ އަކީ، އޭރު އެފްރިކާ އަށް ނިސްބަތްވާ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

"ވަރަށް ބޮޑު ޝަރަފެއް މިއީ މި ގޮތަށް ކްލަބަށް އެހީތެރިވެ، ހިދުމަތެއް ފޯރުކޮށްދޭން ފުރުސަތު ލިބުމަކީ، ވަރަށް ބޮޑު ޒިންމާއަކާ އެކު މި ކަހަލަ ކަންކަން އަންނަނީ، ދެން ވަރަށް ބޮޑު ކަމެއް ހަގީގަތުގައި އަދިވެސް މި ކްލަބްގެ ހިދުމަތްތެރިއެއްގެ ގޮތުގައި މިހެން މަސައްކަތް ކުރެވުމަކީ، ރިޓަޔާކުރުމަށް ފަހު ވެސް. މި ބޮޑު ކްލަބާ އެކު ކުރެވޭ ކޮންމެ ކަމެއް ވެސް ވަރަށް ބޮޑު،" ޕީއެސްޖީ އަށް ހިދުމަތްކޮށްދިނުމަށް ލިބޭ ފުރުސަތުތައް އުފަލާ އެކު ފާހަގަކުރަމުން އޮކޯޗާ ބުންޏެވެ.

އޮކޯޗާ، ޕީއެސްޖީ އަށް ކޮންޓްރެކްޓް ނިޔަލަށް ކުޅެދިނެވެ. އެއީ 2002 ވަނަ އަހަރާ ހަމައަށެވެ. އޭނާ ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި، ބްރެޒިލްގެ ލެޖެންޑަރީ ކުޅުންތެރިޔާ، ރޮނާލްޑީނިއޯ އާއި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯއާ އެކު ވެސް އެ ކްލަބަށް ކުޅުނެވެ.

ބީބީސީން ހޮވި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ އޮކޯޗާ ބުނީ، ޕީއެސްޖީގައި އޭނާ އަށް ކުރެވުނު ތަޖުރިބާތަކުގެ ތެރެއިން އެންމެ ބޮޑު ކަމަކީ، އެ ކްލަބުން އޭނާ ބަލައިގަތް މިންވަރު ކަމަށެވެ.

"ޕީއެސްޖީއާ އެކު ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، އެންމެ އުފާވެރި ހަނދާންތަކަކީ އެ ކްލަބްގައި އަހަންނަށް ކުރެވުނީ އާއިލާއެއްގެ އިހުސާސް. ވަރަށް ބޮޑު އުންމީދުތަކާ އެކު އަހަރެން އެ ޓީމަށް ގެންދިޔައީ. އެހެންވީމަ، އެ މީހުންގެ އެރު އެ ކީ މަރުހަބާ އާއި މިހާރު ވެސް އެ ޓީމުގެ ހިދުމަތުގައި ހުންނަން ލިބުން މިއީ ބޮޑު ކަމެއް،" އޮކޯޗާ ބުންޏެވެ.

އޮކޯޗާގެ އިންޓަވިއުގައި ވަނީ ޕީއެސްޖީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގައި މި ބޭއްވި ފަދަ އިވެންޓެއް، ޕީއެސްޖީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޭއްވުން އެއީ މުހިންމު ކަމެއްގެ ގޮތުގައި އޮކޯޗާ ގަބޫލުކުރެ އެވެ.

"މި ކަހަލަ ހަރަކާތް ބާއްވައި، ސަޕޯޓަރުންގެ ނިސްބަތް އިތުރުކުރުމާއި އެެހެނިހެން ކަންކަން ސަޕޯޓް އިތުރުކުރުމަށް ކުރުމަކީ މުހިންމުކަމެއް. ސަޕޯޓަރުންނާ މެދު ވިސްނާ ކަމާއި ކުރިމަގަށް ކަންތައްތަކެއް އަބަދު ވެސް ކުރެވޭ ކަމުގެ ޔަގީންކަން އޮންނާތީ، އެއީ ސަޕޯޓަރުންނަށް ދެވޭ ރަނގަޅު މެސެޖެއް. މިއީ ވަރަށް ރަނގަޅު އިނީޝިއޭޓިވްއެއް، ދުނިޔޭގެ އެކި ސަޕޯޓަރުންނާ ގުޅާލައިދިނުމަކީ،" އޮކޯޗާ ބުންޏެވެ.

ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓަށް ޒުވާން އުމުރުގައި ބަދަލުވި އޮކޯޗާ ވަނީ ތުރުކީގެ ފެނަބާޗޭ އަށް ވެސް ކުޅެފަ އެވެ، ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު، އޮކޯޗާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޯލްޓަން އަށް ވެސް ކުޅެފަ އެެވެ.

ބްރެޒިލްގެ ލެެޖެންޑަރީ ތަރި ޕެލޭ، 2004 ވަަނަ އަަހަރު ފީފާއާ ގުޅިގެން، ނެރުނު އެހާތަނަށް ދުނިޔޭގެ ތާރީހުގައި އެންމެ މޮޅު 100 ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ގަދަ 30 ކުޅުންތެރިންގެ ތެރެއިން އޮކޯޗާގެ ނަން ވަނީ ހިމަނައިފަ އެވެ.

"އަހަރެންގެ ފުޓްބޯޅަ ހަޔާތާ ބެހޭގޮތުން މީހުންގެ ހަނދާނުގައި ކަމެއް ބަހައްޓަން ބޭނުންވިއްޔާ، އަހަރެން ބޭނުމީ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީ ފުޓްބޯޅައިގެ ހިދުމަތްތެރިއެއްގެ ގޮތުގައި ހުންނަން، އެއީ ކެރިއަރުގައިވެސް ކެރިއަރަށް ފަހު ވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުންކަން ދެކިގެން އަހަރެން މަސައްކަތްކުރީ،" ފުޓްބޯޅަ ހަޔާތާ ގުޅޭގޮތުން މީހުން ދެކެން އުންމީދުކުރަނީ ކިހިނެއްތޯ އެހުމުން، އޮކޯޗާ ބުންޏެވެ.

މާލޭ އެކުވެނި ޓްރެކުގައި ބޭއްވި ކޯޗިން ކްލިނިކްގެ ތެރެއިން އޮކޯޗާ ދުވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox