އިންގްލެންޑާއި ނެދަލެންޑްސް މެޗަށް މެޗު-ފިކްސްކުރި ރެފްރީ އެއް އަރާތީ ކަންބޮޑުވުން

Jul 9, 2024, 3:04 PM
އިންގްލެންޑާއި ނެދަލެންޑްސް މެޗަށް މެޗު-ފިކްސްކުރި ރެފްރީ އެއް އަރާތީ ކަންބޮޑުވުން

މިއުނިކް (ޖުލައި 9) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް އާއި އިންގްލެންޑް ބައްދަލުކުރާ މެޗަށް، މީގެ ކުރިން މެޗު ފިކްސިން މައްސަލައެއްގައި އަދަބު ލިބިފައިވާ ރެފްރީއެއް ކަމަށްވާ، ފީލިކްސް ޒްވޯޔާ އަރާތީވެ، އެ ކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޒްވޯޔާ، 43، އަށް މީގެ ކުރިން ވަނީ މެޗު ފިކްސިންއާ ގުޅޭ މައްސަލައެއްގައި، 2005 ވަނަ އަހަރު ހަ މަސް ދުވަހުގެ އަދަބެއް ލިބިފަ އެވެ. އެއީ ޒްވޯޔާ، ލައިންސްމަނެއްގެ ގޮތުގައި ހަރަކާތްތެރިވިއިރު، ޓީމެއްގެ އޮފިޝަލެއް އަތުން، 250،000 ޕައުންޑް ނަގާފައިވާ ކަން ފަޅާއެރުމުންނެވެ.

ޒްވޯޔާ އެކަން ކޮށްފައިވަނީ، ރެފްރީ، ރޮބާޓް ހައުޒާއާ ގުޅިގެންނެވެ. މި މައްސަލައިގައި ރެފްރީ ހައުޒާ އަށް އައިސްފައިވަނީ އުމުރުދުވަހުގެ ސަސްޕެންޝަނެކެވެ.

މީގެ ކުރިން، ޒްވޯޔާ މެޗެއްގެ ރެފްރީ އަކަށް ހަމަޖެއްސުމުން، އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.

އެ ގޮތުން، 2021 ވަނަ އަހަރު ޖަރުމަނުގައި، ބަޔާން މިއުނިކް އަތުން 3-2 އިން ޑޯޓްމަންޑް ބަލިވި މެޗަށް ފަހު، އޭރު ޑޯޓްމަންޑަށް ކުޅުނު ބެލިންހަމް ބުނީ، ކުރިން މެޗު ފިކްސްކޮށްފައި ހުރި ރެފްރީއެއްގެ އަތްމައްޗަށް ޖަރުމަނު ފުޓްބޯޅައިގެ މުހިންމު މެޗެއް ދިނުމުން އުންމީދު ވެސް ކުރެވޭނީ މި ކަހަލަ ކަމަކަށް ކަމަށެވެ. މިހެން ބުނުމުން، ބެލިންހަމް ވަނީ 40،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ޒްވޯޔާ، މި މެޗުގެ ރެފްރީ އަކަށް ހަމަޖައްސާފައިވާތީ އިނގިރޭސި މީޑިއާ އިން ތަކުރާރުކޮށް، އިނގިރޭސި އެފްއޭގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއްްނުވި އެވެ. އެކަމަކު، އެފްއޭގެ ބައެއް އޮފިޝަލުންނާ ހަވާލާދީ، އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި އެފްއޭގެ ހިތްހަަަމަނުޖެހުންތަކެއް މިކަމާ މެދު އެބަހުއްޓެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުއެފާ އިން ވަނީ ޒޯވްޔާ ބަދަލުނުކުރަން ނިންމައިފަ އެވެ.

އަނެއްކޮޅުން، ޔުއެފާ އިން ވަނީ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރި، އިނގިރޭސި ރެފްރީ، އެންތަނީ ޓޭލާ އަށް މި ފަހަރުގެ މުބާރާތުގައި އިތުރު މެޗެއް ނުދޭން ނިންމައިފަ އެވެ. ކުއާޓާ ފައިނަލުގައި، ސްޕެއިނުގެ މާކް ކުކުރޭލާ އަތުގައި ބޯޅަޖެހި، ޕެނަލްޓީ އަކަށް ޖަރުމަނުން އެޕީލްކުރި ނަމަވެސް ޓޭލާ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ލަފަޔާ އެކު ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފަ އެވެ.

އެ މެޗަށް ފަހު، ޔުއެފާ އިން ވަނީ، ރެފްރީންގެ ޕެނަލްގެ ލަފަޔާ އެއްގޮތަށް ޓޭލާ ނިންމުން ނިންމީ ރަނގަޅަށް ކަމަށް ބުނެފަ އެވެ.

އެކަމަކު، ޖަރުމަނާއި ސްޕެއިން ކުޅުނު މެޗު އަލުން ކުޅެން، ޕެޓިޝަނެއް ފަށައި، އެ އަށް 35000 އެއްހާ ސޮއި ހަމަކޮށްފައިވާއިރު، މި މައްސަލަ އިތުރަށް ކޮންޓްރޯލް ކުރުމުގެ ގޮތުންނާ އެކު، ޔުއެފާ އިން ވަނީ ޓޭލާ އަށް މި ފަހަރުގެ މުބާރާތުގައި އިތުރު މެޗެއް ނުދޭން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox