ސްޕެއިނުން ދެކެނީ މުޅިން ފިޓުނުވިޔަސް އެމްބާޕޭގެ ނުރައްކާ ބޮޑު ކަަމަށް

Jul 9, 2024, 5:25 AM
ސްޕެއިނުން ދެކެނީ މުޅިން ފިޓުނުވިޔަސް އެމްބާޕޭގެ ނުރައްކާ ބޮޑު ކަަމަށް

މިއުނިކް (ޖުލައި 9) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ސްޕެއިން އާއި ފްރާންސް ކުރިމަތިލާއިރު، ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ މުޅިން ފިޓުނުވިޔަސް، އޭނާގެ ނުރައްކާ ބޮޑުވާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.

މި އަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުޅެމުންދަނީ މާސްކެއް އަޅައިގެނެވެ.

މި މުބާރާތުގައި އެމްބާޕޭ ޖެހީ އެންމެ ލަނޑެކެވެ. އެއީ ގުރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

އެކަމަކު، އެމްބާޕޭ މުޅިން ފިޓުނުވިޔަސް، އޭނާއަށް ދުލެއް ނުދޭނެ ކަމަށް ސްޕެއިންގެ ކޯޗު ޑެލަ ފުއެންޓޭ ވަނީ ބުނެފައެވެ.

"އެމްބާޕޭ 50 ޕަސެންޓްގައި ކުޅުމާއި އެހެން ކުޅުންތެރިން 100 ޕަސެންޓްގައި ކުޅުމާ އެއްވަރުވާނެ،" ޑެލަ ފުއެންޓޭ ބުންޏެވެ. "އަހަރަމެން އެމްބާޕޭއަށް ސަމާލުވާނަން. ގޮތްނެނގޭ ކުޅުންތެރިއެއް އެމްބާޕޭއަކީ."

ސްޕެއިން އަކީ މި އަހަރުގެ ޔޫރޯގައި ސައްތަައިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން ވަނީ މުބާރާތުގެ ހޯސްޓް ޖަރުމަން ކަޓުވާލައިފަ އެވެ.

ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިންގެ ޓީމުގެ ފެންވަރާ މެދު އިތުބާރު އެބައޮތް ކަމަށާއި، ފައިނަލަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މެޗުން ބަލިވިޔަސް، ސްޕެއިން އަކީ އެންމެ މޮޅު ޓީމުކަމަށް އޭނާ ގަބޫލްކުރާނެ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ސްޕެއިންއަކީ އެންމެ މޮޅު ޓީމު. އިދިކޮޅަށް މި އޮތީވެސް ހަމަ އަހަރަމެންނާ އެއް ފެންވަރެއްގެ ޓީމެއް،" ޑެލަ ފުއެންޓޭ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ސްޕެއިންގެ ދެ ޑިފެންޑަރުން ކަމަށްވާ ޑެނީ ކާވަހާލް އާއި ރޮބިން ލެ ނޯމަންޑް ވަނީ ދެ ރީނދޫ ކާޑާ އެކު ސަސްޕެންޑްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox