އޮކޯޗާއާ އެކު ރާއްޖޭގެ ލެޖެންޑުން މާޒިޔާއާ ދެކޮޅަށް ފުޓްސަލް މެޗެއް ކުޅެފި

އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ އޮގަސްޓީން އަޒުކާ "ޖޭ ޖޭ" އޮކޯޗާއާ އެކު ރާއްޖޭގެ ލެޖެންޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް މެޗެއް ކުޅެފި އެވެ.

އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ދަށުން ރާއްޖެ އައި އޮކޯޗާ ހިމެނުނު ލެޖެންޑުންގެ ޓީމުގައި ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހިމެނުނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 5-7 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ލެޖެންޑުން ޓީމުގައި ހިމެނުނު އަލީ އަޝްފާގު އެވެ.

Advertisement

ލެޖެންޑުންގެ ޓީމުގައި ރާއްޖޭގެ ކުރީގެ ގައުމީ ޓީމު ކެޕްޓަން މުހައްމަދު ކަލީމްގެ އިތުރުން ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އަދި އުރީދޫގެ ސީއީއޯގެ ހާލިދު އަލް ހަމާދީ ހިމެނުނެވެ.

އެ ޓީމުގެ ކޯޗަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން އެވެ.

އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސް ދެވުމުގެ އިތުރުން ޔޫރަޕުގައި ރާއްޖެ އިސްތިހާރު ވެސް ކުރެވުނު ކަމަށް ވެސް ނިޔާޒް ދެކިލައްވަ އެވެ.

ލެޖެންޑުންގެ ޓީމުގެ ކޯޗު ސުޒޭން ބުނީ މިފަދަ ހަރަކާތެއް އުރީދޫގެ ފަރާތުން ބޭއްވުމުން ފުޓުބޯޅަ މިއޮތް ހާލަތުން ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނެސްފި ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ގިނަގިނައިން ބާއްވަން ޖެހޭ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

އޮކޯޗާ ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކާ އެކު ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތެއް ވެސް ވަނީ ހިންގާފަ އެވެ. އެ ހަރަކާތުގައި އެކަޑަމީތަކުގެ ކުދިން ބައިވެރިވި އެވެ.

އޮކޯޗާއާ އެކު އުރީދޫއިން ވަނީ ގިނަ ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ. އެ މަންޒަރުތައް ޕީއެސްޖީގެ އޮފިޝަލް ސޯޝަލް މީޑިއާ ހެންޑަލްތަކުން ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox