ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް 15 މިލިއަން ޑޮލަރު ދީފި

Jul 8, 2024, 12:21 PM
ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް 15 މިލިއަން ޑޮލަރު ދީފި

ނިއު ދިއްލީ، އިންޑިއާ (ޖުލައި 7) - ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ ގައުމީ ޓީމަށް، އިންޑިއާގެ ކްރިކެޓް ބޯޑު (ބީސީސީއައި) އިން 15 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދީފި އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ވަނީ ޗެމްޕިއަންކަން ހޯދި އިންޑިއާ ޓީމަށް 2.45 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން، އައިސީސީ އިން ވަނީ މުބާރާތުގައި ކޮންމެ ޓީމެއް މޮޅުވި ކޮންމެ މެޗަކަށް ބޯނަހެއްގެ ގޮތުގައި، 31،154 ޑޮލަރު ދީފަ އެވެ.

މި ފަހަރު އައިސީން މި ވަނީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޕްރައިޒް ޕޫލް ބޮޑުކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ އިނާމް ފައިސާގެ ޖުމްލަ، 11.25 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިސާގެ އިނާމްގެ ޖުމްލަ އުޅެނީ 5.6 މިލިއަން ޑޮލަރުގަ އެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑަށް ލިބުނު ފައިސާގެ އިނާމަށް ވުރެ މި ފަހަރު، 850،000 ޑޮލަރު އިތުރެވެ. އެ ގޮތުން، 2022 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އިންގްލެންޑަށް ލިބުނީ، 1.6 މިލިއަން ޑޮލަރު އެވެ.

މި ފަހަރު ރަނަރަޕަށް ދިޔަ ދެކުނު އެފްރިކާ އަށް 1.28 މިލިއަން ޑޮލަރު ލިބުނުއިރު، 2022 ވަނަ އަހަރުގެ ރަނަރަޕް ޕާކިސްތާނަށް ލިބުނީ 800،000 ޑޮލަރު އެވެ. އަދި މި ފަހަރު ތިން ވަނަ އަށް ދިޔަ އަފްގާނިސްތާނާއި އިންގްލެންޑަށް 787،500 ޑޮލަރު ލިބުނެވެ. އެ ގޮތުން، 2022 ވަނަ އަހަރު ސެމީ ފައިނަލުން ބަލިވި ޓީމުތަކަށް ލިބުނީ، 400،000 ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox