އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަން ހުށަހަޅައިފި

އެމްޑީޕީގެ ނައިބު ރައީސްކަމަށް ގެންނަން ހުށަހަޅާފައިވާ ހިސާން: އޭނާގެ ނަން ހުށަހެޅީ ޕާޓީގެ ރައީސް ޝާހިދު - ފޮޓޯ: މަޖިލިސް އިދާރާ

އެމްޑީޕީގެ ނައިބު ރައީސްކަމަށް ގެންނަން ހުށަހަޅާފައިވާ ހިސާން: އޭނާގެ ނަން ހުށަހެޅީ ޕާޓީގެ ރައީސް ޝާހިދު - ފޮޓޯ: މަޖިލިސް އިދާރާ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން އައްޔަންކުރަން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ހިސާން އެ މަގާމަށް އައްޔަނު ކުރަން ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައިވާ ގޮތަށް ހުށަހެޅުއްވީ މިއަދު ކަމަށެވެ.

"އަލްއުސްތާޒާ ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެން،" ޝާހިދު އިތުރަށް ލިޔުއްވާފައިވެ އެވެ.

އެ ޕާޓީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ވެސް ހިސާން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ވިސްނި ސަބަބެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ހިސާން އަކީ ނިމިދިޔަ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރެވެ. ނަމަވެސް 20 ވަނަ މަޖިލީހަށް އޭނާ ވާދައެއް ނުކުރައްވަ އެވެ. ކުރިން އޮތް 19 ވަނަ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅި މެންބަރުގެ ގޮތުގައި ހިސާން ވަނީ ވެއެތުވެދިޔަ ފަސް އަހަރު އެ ކޮމިޝަނުގެ މެންބަރުކަން ވެސް އަދާކުރައްވާފަ އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ހިސާން: އޭނާ އެމްޑީޕީގެ އިސް ސަފުގައި 17 އަހަރު ހޭދަކުރައްވާފައިވޭ - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ހިސާން: އޭނާ އެމްޑީޕީގެ އިސް ސަފުގައި 17 އަހަރު ހޭދަކުރައްވާފައިވޭ - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ހިސާން: އޭނާ އެމްޑީޕީގެ އިސް ސަފުގައި 17 އަހަރު ހޭދަކުރައްވާފައިވޭ - ފޮޓޯ: އެމްޑީޕީ

އެކި މަގާމުތަކުގައި ހިސާން އެމްޑީޕީއަށް މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެމްޑީޕީގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ހިސާން އެންމެ ފުރަތަމަ ކުރެއްވީ، 2007 ގައި އެ ޕާޓީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓާ، ލޯ އެންޑް ޖަސްޓިސްގެ މަގާމެވެ. އޭގެ ފަހުން އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.

އޭނާ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވަން ފެށީ 2012 ވަނަ އަހަރެވެ. މިއަދާ ހަމައަށް ވޭތުވެދިޔަ 12 އަހަރެއްހާ ދުވަހު ޕާޓީއަށް ދިމާވި ގާނޫނީ ގިނަ ގޮންޖެހުންތަކުގައި ހިސާންގެ މަސައްކަތް ފާހަގަކުރެވެ އެވެ. އެގޮތުން ހާއްސަކޮށް 2012 އިން 2018 އަށް އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު ޕާޓީގެ ގިނަ އިސްވެރިން ޖަލަށްލުމުން އަދި ސަރުކާރުން ކުރިމަތިކުރި ދައުވާތަކުގެ ދިފާއުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އިދިކޮޅުގައި އޭރު އޮތް ޕާޓީތަކުން އެކުވެ 2016 ގައި އުފެއްދި ޝެޑޯ ކެބިނެޓުގައި ވެސް މަސައްކަތް ކުރައްވާ ހަމަ އެ އަހަރު، އޭރު އޮތް ޕީޕީއެމްގެ ސަރުކާރާއެކު ބޭއްވި އޯލް ޕާޓީ ޓޯކްސްގައި އެމްޑީޕީ ތަމްސީލުކުރެއްވީ ވެސް ހިސާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox