ޕިކްފޯޑްގެ ޕެނަލްޓީ ރިސާޗް ފެންފުޅިއާ ހަމައަށް

Jul 8, 2024, 7:39 AM
ޕިކްފޯޑްގެ ޕެނަލްޓީ ރިސާޗް ފެންފުޅިއާ ހަމައަށް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މޮޅުވި މެޗުގައި، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ ފެންފުޅީގައި ސްވިޒަލެންޑް ކުޅުންތެރިން ޕެނަލްޓީ ޖަހާގޮތުގެ ރިސާޗެއް ލިޔެފައިވާ ލިޔުމެއް ހިމަނާފައިވާއިރު، އެ އަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އެންމެ ފަހުން ބޭއްވި، ޔޫރޯގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑުން މި ފަހަރުގެ ޔޫރޯގެ ސެމީ އަށް ޕެނަލްޓީގައި ދަތުރުކުރީ، ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، 1-1 އިން އެއްވަރުވެގެންނެވެ.

އެ މެޗުގައި، އިންގްލެންޑުން ވަނީ ޕެނަލްޓީގައި ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. ސްވިޒަލެންޑުން ފަސް ޕެނަލްޓީ ޖެހިއިރު، ނާކާމިޔާބުވި ޕެނަލްޓީ އަކީ އެ ޓީމުގެ މެނުއަލް އަކަންޖީ ފޮނުވާލި ޕެނަލްޓީ، ކީޕަރު ޕިކްފޯޑް މަތަކުރުމުންނެެވެ.

އަކަންޖީ ބޯޅަ ފޮނުވާލާނެ ކަން ޕިކްފޯޑްގެ ފެންފުޅީގައި ލިޔެފައިވާއިރު، މިއީ މެޗަށް ރަނގަޅަށް ތައްޔާރުވުމުގެ ނަތީޖާގެ ސަބަބުން އިންގްލެންޑަށް ލިބުނު މޮޅެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ސްވިޒަލެންޑް މެޗުގެ ތެރެއިން ޕިކްފޯޑްގެ ފުޅީގައި ލިޔެފައިވާ ޕެނަލްޓީ ރިސާޗް.

މަތަނުކުރެވުނު ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީގައި ވެސް ޕިކްފޯޑް ހަރަކާތްކޮށްފައިވަނީ ރަނގަޅު ކަނަށެވެ. އެކަމަކު، ނަސީބު އެހީނުވުމާ ވެސް އެކުގައި ޕިކްފޯޑަށް އިތުރު ޕެނަލްޓީއެއް މަަތަނުކުރެވުނެވެ. އެހެން ނަމަވެސް، ނޮކައުޓް ބުރަށް ޕިކްފޯޑާއި އިންގްލެންޑް ޓީމުގެ ގޯލްކީޕަރުންގެ ޑިޕާޓްމަންޓުން ތައްޔާރުވާ މިންވަރަށް އެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ތައުރީފުކުރަމުންނެވެ.

އެ ގޮތުން، ދުރާލާ އިދިކޮޅަށް ނުކުންނަ ޓީމުގެ މައުލޫމާތުތައް ހޯދައި، އެ ކުޅުންތެރިން ކުރިން ޕެނަލްޓީ ޖަހާފައިވާ ގޮތް ބަލައި، އެ ކުޅުންތެރިންނާ އެކުގައި ކްލަބް ލެވަލްގައި ކުޅޭ އިނގިރޭސި ކުޅުންތެރިން ގާތުން ކަންކަން އޮޅުންފިލުވައި، ލިޔުމަކާ ހަމައަށް ގެނެ އެވެ.

އިނގިރޭސި ގޯލްކީޕަރުންގެ ޑިޕާޓްމަންޓުން އިދިކޮޅު ޓީމުގެ ޕެނަލްޓީ ޖަހާނެ ކުޅުންތެރިންގެ ހަރަކާތްތައް ވެސް ދިރާސާކުރެ އެވެ. ބޮޑީ ފެއިންޓަކަށް ފަހު ޕެނަލްޓީ ޖަހާ ކުޅުންތެރިންނާއި ވަކި ފަރާތަކަށް ހަރަކާތްކުރާ ކުޅުންތެރިންނާ މި ކަމުގެ އެކި ތަފްސީލްތައް ހޯދައި ބަލަ އެވެ.

ސްވިޒަލެންޑް މެޗަށް ފަހު، ޕިކްފޯޑް ބުނީ، ކޮންމެ ޕެނަލްޓީއެއްގެ ކުރިން ބޯޅައިގައި އަތްލުމަކީ އޭނާ ކުރަމުން އައި ކަމެއް ކަމަށެވެ. އެކަމަކު، ގަވާއިދު ބަދަލުވެފައި އޮތުމުން، މި ފަހަރު، ރެފްރީ އެ ފުރުސަތު ނުދިން ކަމަށް ޕިކްފޯޑް ވަނީ ބުނެފަ އެވެ.

އިންގްލެންޑްގެ އެއް ވަނަ ކީޕަރުކަން ޕިކްފޯޑަށް ދިން ފަހުން، އެ ޓީމުން އަންނަނީ ޕެނަލްޓީތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox