ހުލާސާކޮށް އިއްޔެ: އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ. އަދި އަދީބުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ވަނީ ސާބިތުވެފައި. -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ. އަދި އަދީބުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ވަނީ ސާބިތުވެފައި. -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ފައިސާ ހޯދުމުގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި އެންމެނަށް އަދަބު ދީ، "ރައްޔިތުންނަށްޓަކައި އެ ފައިދާ" ހޯއްދަވައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެމްއެމްޕީއާރްސީގެ ބައިވެރި މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވެންޖެހޭނީ އިންސާފުވެރިކަމާއެކު ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކަމަކުގައި ބައިވެރިވި މީހެއް ކަމުގައި ސާބިތު ކުރެވެންޖެހޭނީ އިންސާފުވެރިކަމާއެކީގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. އެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ އަދަބު ލުއިކޮށް ކުރީގެ ސަރުކާރުން ވަނީ އަދީބު މިނިވަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ ފަހަރަކު ޖިނާއީ ހުކުމެއް އިއްވި އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެކެވެ. ނަމަވެސް އެ ދެ ހުކުމް ވެސް މަތީ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ވައްކަން ހިމެނޭ ގޮތަށް ދައުލަތަށް ގެއްލުނު އެސެޓުތަކާއި ފައިސާ ހޯދަން ގާނޫނެއް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދައި މިފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ރިކަވާކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދުން މީގެ ތެރެއިން [ހިމެނޭ]،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ގާނޫނު ފަރުމާ ކުރާއިރު، ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ވަގު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެއިރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެމްއެމްޕީއާރުސީގެ ފައިސާ ހޯދާނެ ކަމަށް ވިދާޅުވިއިރު، އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތައް ޕީއެންސީ މެންބަރުންގެ ގޮތުގައި އެބަ ތިއްބެވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގީ ރައީސް ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ރަށްތައް އެމްއެމްޕީއާރުސީން ނު އަގުގައި ވިއްކައި، އެއިން އިންވެސްޓަރުންގެ އަތުން ފައިސާ ނަގައިގެންނެވެ. އަދި ނުއަގުގައި ވިއްކިއިރު، ދައުލަތަށް ވަންނަންޖެހޭ ގިނަ ފައިސާ ވެސް ނުވައްދައި، އެ ޗެކްތައް އެހެން އެކައުންޓުތަކަށް ބަދަލުކޮށް ގިނަ ފައިސާތަކެއް ނެގި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް 2019 ގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ތަންތަން (ރަށްތަކާއި ފަޅުތަކަށް) ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ކޮމިޝަނެއް ހަދައިގެން މަސައްކަތް ފެށި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތައް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިވެ ތަހުގީގުކުރިއިރު، ރައީސް މުއިއްޒު ހުންނެވީ ޔާމީންގެ ވެރިކަމުގެ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox