ޕޯޗުގަލާ ދެކޮޅަށް ޑެމްބެލޭ ޕެނަލްޓީ ޖެހީ "ބަލިފައިން"

Jul 7, 2024, 10:35 AM
ޕޯޗުގަލާ ދެކޮޅަށް ޑެމްބެލޭ ޕެނަލްޓީ ޖެހީ "ބަލިފައިން"

މިއުނިކް (ޖުލައި 7) - ޕޯޗުގަލާ ދެކޮޅަށް ފްރާންސްގެ ފޯވާޑް، އޮސްމާން ޑެމްބެލޭ ޕެނަލްޓީ ޖެހީ އޭނާގެ "ބަލިފައިން" ކަމަށް ހާމަކޮށްފި އެވެ.

ޑެމްބެލޭ އަކީ ދެ ފައިން އެއްވަރަކަށް ކުޅޭ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ތަރި ނޭމާ އެކޭ އެއްގޮތައް ޑެމްބެލޭ ވެސް އަންނަނީ ޝޮޓު ޖެހުމުގައި ދެ ފައިބޭނުން ކުރަމުންނެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އަތުން ފްރާންސް މޮޅުވި މެޗުގައި، ޑެމްބެލޭ، 27, ވަނީ ތަފާތު މޮޅަށް ކުޅެފަ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ދިނީ ވެސް ވީ ޑެމްބެލޭ އެވެ.

މީގެ ކުރިން ޑެމްބެލޭ ދިން އިންޓަވިއުއެއްގައި ވަނީ ބޯޅަ ހިފައިގެން ކުޅުންތެރިން ކައިރިން ކޮށްޓުމާއި ނެއްޓުމަށް، ވާތުފައި ބޭނުންކުރި ނަމަވެސް ކަނާތު ފައިން ޕެނަލްޓީ ޖަހަނީ، އެއީ، "ބަލިފައި" ކަން އެނގިހުރެ ވެސް ޝޮޓް ޖެހުމަށް ޔަގީންކަން އޮތުުމުން ކަމަށެވެ.

އެ މެޗުގެ ޕެނަލްޓީގަިއ ޑެމްބެލޭ ތިން ފިޔަވަޅު ވާތަށް ފިޔަވަޅު އެޅުމަށް ފަހު ޕެނަލްޓީ ފޮނުވާލީ އޭނާގެ ކަނާތު ފައިންނެވެ. ޕެނަލްޓީ މަތަކުރަން ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ޑައިވް އެޅީ ވާތު ފަޅި އަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްްސް ބުނީ ބަލިފައި ބޭނުންކޮށް ޕެނަލްޓީ ކާމިޔާބުކުރި ޑެމްބެލޭ އަށް އޮތީ ލޯތްބާ އިހުތިރާމު ކަމަށެވެ. އަދި މިއީ އޭނާ އަށް ބަލި ފައި ބޭނުންކޮށް ޕެނަލްޓީ ކުޅުންތެރިއަކު ކާމިޔާބުކުރިތަން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox