އިންގްލެންޑާ ދެކޮޅަށް ކުޅެން ވެން ޑައިކް ކެތްމަދުވެފައި

Jul 7, 2024, 8:40 AM
އިންގްލެންޑާ ދެކޮޅަށް ކުޅެން ވެން ޑައިކް ކެތްމަދުވެފައި

ބާލިން (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދޫވާނެ މެޗެއް ކަމަށާއި މިހާރު ހުރިހާ ފޯކަސް އެއް ހުރީ ރަނގަޅު ތައްޔާރީތަކަކާ އެކު އެ މެޗުން މޮޅުވާން ކުރަން ހުރި މަސައްކަތަށް ކަމަށް ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ވިހި އަހަރަށް ފަހު، ނެދަލެންޑްސް އިން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގައި، ފަހަތުން އަރައި 2-1 އިން ތުރުކީ ބަލިކުުރުމަށް ފަހު އެވެ.

ތުރުކީ މެޗަށް ފަހު، ނެދަލެންޑްސްގެ ތަރި ވެން ޑައިކް ބުނީ، ތުރުކީ އަތުން ހޯދުނީ އުނދަގޫ މޮޅެއް ކަމަށާއި ދެން އޮތީ ވެސް އެ ވަރުގެ ޗެލެންޖެއް ކަމަށެެެވެ.

"މި މެޗުން މޮޅުވާން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރިން. ދެން އޮތީ ރަނގަޅަށް ރިކަވާވެގެން ކުރިއަށް އޮތް އުނދަގޫ މެޗަށް ތައްޔާރުވާން. އަހަރެމެންނަށް އެނގޭ ދެން އޮތީ ވެސް އުނދަގޫ މެޗެއްކަން، އެކަމަކު، ހިތްވަރާ އެކު ކުރިއަށް ގޮސްފިނަމަ މި ޓީމަށް ނުކުރެވޭނެ ކަމެއް ނެތް، އަހަރެން މި ހުރީ ތައްޔާރަށް، ހުވަފެން ހަގީގަތަކަށް ހަދަން،" ފުރަތަމަ ފަހަރަށް ޔޫރޯއެއްގައި ކުޅޭ ވެން ޑައިކް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އެވެ. އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ގަކްޕޯ ބުނީ، އިންގްލެންޑް ޓީމުގައި ތިބީ ދަންނަ ކުޅުންތެރިން ކަމަށާއި އެކަމަކު، ގައުމީ ޓީމުގެ ލެވަލްގައި ތަފާތުވާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ، ގައުމީ ޓީމުގެ ލެވަލް ތަފާތު، މުބާރާތް ތަފާތު. ޔަގީންކަމަކީ، އިންގްލެންޑާއި ނެދަލެންޑްސް ވެސް މިހާރު އެ ދައްކާ ކުޅުމަށް ވުރެ މޮޅަށް ކުޅޭނެ،" ގަކްޕޯ ބުންޏެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ، ގިނަ ބަޔަކު އިންގްލެންޑްގެ އިންޑިވިޖުއަލް ހުނަރުގެ ވާހަކަ ދައްކާ ގޮތަށް ނެދަލެންޑްސްގެ ވެސް ވާހަކަ ދެއްކޭނެ ކަމަށެވެ.

ނެދަލެންޑްސް އާއި އިންގްލެންޑް ކުޅޭ ސެމީ ފައިނަލް މެޗު އޮތީ އަންނަ ބުދަ ދުވަހުގެރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox