ޑެޝޯމްޕްސް ދެކޭގޮތުގައި އެންމެ މޮޅީ ސްޕެއިން

Jul 7, 2024, 8:25 AM
ޑެޝޯމްޕްސް ދެކޭގޮތުގައި އެންމެ މޮޅީ ސްޕެއިން

މިއުނިކް (ޖުލައި 7) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅީ ސްޕެއިން ކަމަށް އެ ޓީމާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅޭ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ޔޫރޯގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިނަކީ ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމުގެ ތެރެއިން ހުރިހާ މެޗަކުން މޮޅުވެގެން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އައި ހަމައެކަނި ޓީމެވެ. އަނެއްކޮޅުން، ސްޕެއިނުން ވަނީ ކުއާޓާ ފައިނަލުގައި 2-1 އިން ޖަރުމަނު ބަލިކޮށްފަ އެވެ. ފްރާންސުން ސެމީގައި ސްޕެއިނާ ކުޅެން ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކުރުމަށް ފަހު އެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ މޮޅީ އެ މީހުން (ސްޕެއިން). އަހަރެން އެ މީހުން (ސްޕެއިން)ގެ ބައެއް މެޗުތައް ބެލިން. އެ މީހުން (ސްޕެއިން) ވަރަށް ރަނގަޅަށް ހުރިހާ މެޗެއްގައި ކަންކަން އެ ކުރަނީ. ސްޕެއިނަށް މަރުހަބާ ކިއުމަކީ ހަގީގަތުގައި ކުރަން ޖެހޭ ކަމެއް،" ޕޯޗުގަލް މެޗަށް ފަހު، ޑެޝޯމްޕްސް ބުންޏެވެ.

"އަހަރެމެން އެބަޖެހޭ ރަނގަޅަށް ރިކަވާވާން، އެ މެޗަށް (ސެމީ ފައިނަލަށް)، އެހެން ނޫނީ ސްޕެއިން ބަލިކުރަން ކުޅެން ޖެހޭ ލެވަލަށް ނުޖެއްސިދާނެ. އަހަރެމެން އެންމެ ފަހު ވަގުތާ ޖެހެންދެން ފައިޓްކުރާނަން،"

ފްރާންސް އިން އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި، ސެމީ ފައިނަލަށް ދިއުމުން އަމާޒުވާ ފާޑުކިޔުމާ ބެހޭގޮތުން ޑެޝޯމްޕްސް ބުނީ، މިހާރު އެ ޓީމު އޮތް ހިސާބަކީ ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ކުޅުންތެރިންނަށް ޝުކުރު ހައްގު ކަމަށެެވެ.

ފްރާންސުން ސްޕެއިނާ ދެކޮޅަށް ކުޅުނު 13 މެޗުން މޮޅުވެފައިވާއިރު، ހަތް މެޗުން އެއްވަރުވި އެވެ. އަދި 16 މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގަ އެވެ. އެ މެޗުން، ފްރާންސް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ސްޕެއިނާއި ފްރާންސް ކުޅޭ ސެމީ ފައިނަލް އޮތީ އަންގާރަ ދުވަހުގެރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox