މިއުނިކް (ޖުލައި 7) - ޖަރުމަނުގެ ލެޖެންޑަރީ މިޑްފިލްޑަރު ޓޯނީ ކްރޫސްގެ ކެރިޔަރުގެ ބޮޑު ބައެއްގައި އޭނާ ބޭނުންކުރި އެޑިޕިޔޯ 11 ޕްރޯ ބޫޓްގެ ނަން އޭނާގެ ޝަރަފުގައި ޓީކޭޕްރޯ އަށް ބަދަލުކޮށްފި އެވެ.
އެޑިޕިޔޯ ބޫޓަކީ 2013 ވަނަ އަހަރުން ފެށިގެން ޓޯނީ ކްރޫސް ބޭނުން ކުރަމުން އައި ބޫޓެވެ. މި ބޫޓުގައި ކްރޫސް އެންމެ ފުރަތަމަ މެޗެއް ކުޅުނީ އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށެވެ. އޭގެ ފަހުން ކެރިއަރުގައި ނިންމާލުމާ ހަމައަށް ކްރޫސް ބޭނުން ކޮށްފައިވަނީ މި ބޫޓެވެ.
ކްރޫސްއާ އެކު ކުޅުނު ވޭލްސްގެ ފޯވާޑް ގަރެތު ބޭލް ވަނީ ކްރޫސް އަށް އޭނާގެ ބޫޓަކީ ފުޓުބޯޅައިގައި އެންމެ މުހިންމު "ގިފްޓް" ކަމަށް ބުނެފަ އެވެ.

"އަހަންނަށް ހީވަނީ ކްރޫސް ބޫޓު ދޮވުމުގައި ކިޓްމެން އަށް ވެސް އިތުބާރު ނުކުރާ ހެން. ކްރޫސް އަބަދު ވެސް ބޫޓު ދޮންނާނީ އަމިއްލަ އަށް. އޭގެ ސަބަބުން އޭނާ އަށް މޮޅު ކުޅުމެއް އެބަ ދެއްކޭ" ބޭލް ބުންޏެވެ.
ޖަރުމަނުން ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗަށް ފަހު ވަނީ ކަޓައިފަ އެވެ. މިއީ، ކްރޫސްގެ ކެރިޔަރުގެ ފަހު މެޗެވެ. މެޗު ނިމުމާ އެކު, އެޑިޑާސް އިން ވަނީ އެޑިޕިޔޯ ބޫޓްގެ ނަން ކްރޫސްގެ ޝަރަފުގައި ޓީކޭ ޕްރޯ އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެޑިޑާސް އިން ބުނީ މި ބޫޓުގެ ނަން ޓީކޭ ޕްރޯ އަށް ބަދަލުކުރަން ނިންމީ މިއީ ކްރޫސް އަށް ހާއްސަ ބޫޓެއް ކަމަށް ވުމުން ކަމަށެވެ. އަދި މިއީ ކްރޫސް އެންމެ ލޯބިވި ބޫޓު ކަމަށް އެޑިޑާސް އިން ބުނެ އެވެ.












