އުރުގުއޭ އިން ބްރެޒިލް ކަޓުވާލައި ކޮޕަ އެމެރިކާގެ ސެމީ އަށް

Jul 7, 2024, 4:42 AM
އުރުގުއޭ އިން ބްރެޒިލް ކަޓުވާލައި ކޮޕަ އެމެރިކާގެ ސެމީ އަށް

ލަސް ވޭގަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ޕެނަލްޓީ ޖަހައިގެން 4-2 އިން ބްރެޒިލް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، އުރުގުއޭ އިން ކޮޮޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ، 13 އަހަރު ތެރޭގައި އުރުގުއޭގެ ފުރަތަމަ ސެމީ ފައިނަލް އެވެ. އެ ޓީމުން އެންމެ ފަހުން، ކޮޕަ އެމެރިކާގެ ސެމީ އަށް ދަތުރުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން މުބާރާތް ކާމިޔާބުކުރި އެެވެ.

ސެމީގައި އުރުގުއޭ ކުޅޭނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލަމްބިއާ އިން ވަނީ ކުއާޓާ ފައިނަލުގައި ޕެނަމާގެ މައްޗަށް 5-0 އިން ކުރިހޯދައިފަ އެވެ.

Advertisement

އެލިގަންޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އުރުގުއޭ އާއި ބްރެޒިލް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ކޮޕަ އެމެރިކާގެ މި ފަހަރުގެ ގަވާއިދުގައިވާ ގޮތުން، ފުރިހަމަ ވަގުތު ހަމަވާއިރު އެއްވަރުވެފައި އޮވެއްޖެނަމަ، އިތުރު ވަގުުތުގެ ދެ ހާފް ނުކުޅެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހާނެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ޖުމްލަކޮށް ބަލާއިރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދިތަން ފެނުނު މި މެޗުގައި، އުރުގުއޭ އިން ފަހު ވިއްސަކަށް މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ނަހިޓަން ނަންޑޭޒް އަށް މެޗުގެ 75 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ.

ބްރެޒިލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށް ނަންޑޭޒަށް ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ކަންކަން ބެލުމަށް ފަަހު އެވެ.

ޕެނަލްޓީގައި، ފެޑެރީކޯ ވަލްވޭޑޭ އުރުގުއޭގެ ފުރަަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ އެޑާ މިލިޓާއޯ ފޮނުވާލުމުން، އުރުގުއޭ ކީޕަރު ސާޖިއޯ ރޮޗޭ ވަނީ މަތަކޮށްފަ އެވެ. ރޮޑްރީގޯ ބެންޓަންކޫރު އުރުގުއޭގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު، އަންޑްރެއަސް ޕެރެއިރާ ވަނީ ބްރެޒިލްގެ ދެ ވަނަ ޕެނަލްޓީ ގޯލަށް ވައްދާލައިފަ އެވެ.

އުރުގުއޭގެ ތިން ވަނަ ޕެނަލްޓީ ޖޯޖިއަން ޑީ އަރަސްކައޭޓާ ކާމިޔާބުކުރިއިރު، ބްރެޒިލްގެ ތިން ވަނަ ޕެނަލްޓީ ޑަގްލަސް ލުއީޒް ފޮނުވާލިއިރު، އަމާޒުވީ ދަނޑިއަށެވެ. އުރުގުއޭގެ ހަަތަރު ވަނަ ޕެނަލްޓީ ހޯސޭ ހިމެނޭޒް ފޮނުވާލުމުން، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އެ ބޯޅަ ހުއްޓުވި އެވެ. އަދި ބްރެޒިލްގެ ހަތަރު ވަނަ ޕެނަލްޓީ ގަބްރިއަލް މާޓީނެލީ ކާމިޔާބުކުރި ނަމަވެސް، އުރުގުއޭގެ ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔަ މެނުއަލް އުގާޓޭ ބޯޅަ ގޯލަށް ވައްދާލުމާ އެކު އެ ޓީމު މޮޅުވީ އެވެ.

މިއީ އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ އަށް ލިބުނު ބޮޑު މޮޅެކެވެ. މީގެ ކުރިން ކޮޕަ އެމެރިކާގައި ޗިލީ އާއި އާޖެންޓީނާ ގޮވައިގެން، ބިއެލްސާ ވަނީ ބްރެޒިލް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox