އިންޑިއާ ކޯޗުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 291 އެޕްލިކޭޝަން

Jul 6, 2024, 7:55 AM
މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާ ޓީމުގެ ކޯޗު ސްޓިމަކް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާ ޓީމުގެ ކޯޗު ސްޓިމަކް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ދުނިޔޭގެ ކޯޗުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 291 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހާމަކޮށްފި އެވެ.

މީގެ ވިއްސަކަށް ދުވަސް ކުރިން، އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަނީ ވަކިކޮށްފަ އެވެ. ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި، ސްޓިމަކް ވަކިކުރުމުން، އޭނާ ވަނީ އޭއައިއެފްއެފް އަށް އިންޒާރެއް ދިނުމަށް ފަހު، ފައިސާ ދޭން އަންގައިފަ އެވެ.

ސްޓިމަކް، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް ގިނަ ތުހުމަތުތަކެއް ކުރި ނަމަވެސް އެ އަށް ނުބަަލައި، އެ ފެޑެރޭޝަނުން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އިންޑިއާގެ ކޯޗުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު، 291 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އެ ގޮތުން، ފެޑެރޭޝަނުން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، އެ 291 އެޕްލިކޭޝަންގެ ތެރެއިން، 100 ކޯޗުންނަކީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗުންނެވެ. އަދި 20 ކޯޗުން އަތުގައި އޭއެފްސީ ޕްރޯ ލައިސަންސް އޮތްއިރު، ތިން ކޯޗެއް އަތުގައި، ދެކުުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލްގެ ޕްރޯ ލައިސަންސް އެބައޮތެވެ.

މި ކޯޗުންގެ ތެރެއިން، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިޕާޓްމަންޓުން ލިސްޓުކުރާ ކޯޗުންނާ އިންޓަވިއު ކުރުމަށް ފަހު ވަރަށް އަވަހަށް އިންޑިއާ ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ ކޯޗުކަމަށް ކުރިމަތިލާފައިވާ ކޯޗުންގެ ތެރޭގައި، 2022 ވަަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ޓީމުތަކަށް އިރުޝާދުދީފައިވާ ކޯޗުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox