ޕެނަލްޓީގައި ޕޯޗުގަލް ކަޓުވާލައި ފްރާންސް ޔޫރޯގެ ސެމީ އަށް

Jul 5, 2024, 9:45 PM
ޕެނަލްޓީގައި ޕޯޗުގަލް ކަޓުވާލައި ފްރާންސް ޔޫރޯގެ ސެމީ އަށް

ހެމްބާގް (ޖުލައި 6) - ޕެނަލްޓީ ޖަހައިގެން 3-5 އިން ޕޯޗުގަލް ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު، ފްރާންސް އިން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސެމީގައި ފްރާންސް ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން ސެމީ އަށް ދިޔައީ ޖަރުމަނު ކަޓުވާލައިފަ އެވެ.

ވޯލްކްސްޕާކް ސްޓޭޑިއަމް ހެމްބާގްގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ، އަވަސް އެޓޭކްތަކެއް ކުރަން މަސައްކަތްކޮށް އޭރިއާބޭރުން ޝޮޓެއް ފޮނުވާލައިގެން ގޯލެއް ޖެހޭތޯ ބެލި ތަނެވެ. އެ ގޮތުން، ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓެއް ދަނޑިކައިރިން ދިޔައިރު، ފްރާންސްގެ ފުލްބެކް، ތެއޯ ހެނާންޑޭޒް ޖެހި ޝޮޓް، ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.

ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގައެއް ނުދީ ފްރާންސްގެ ޑިފެންސްލައިން ބެލެހެއްޓުމުގައި ވިލިއަމް ސަލީބާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފްރާންސްގެ ކަމަވިންގާ (ކ) އާއި ސަލީބާ (ވ) ކައިރިން ރޮނާލްޑޯ ބޯޅަ ހިފައިގެންދަނީ.

ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، އެޓޭކުގައި ބޯޅަ ހިފަަހައްޓައިގެން ކުޅެ، ހަމަލާއެއް ފޮނުވާލެވޭތޯ ފުރަތަމަ ހާފުގައި ކުރި މަސައްކަތުގައި ރަނގަޅު އެއް ހުރަސް ގޯލު ކުރިމައްޗަށް ނެގި ނަމަވެސް ކީޕަރު ކޮސްޓާ ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ޕޯޗުގަލަށް ލީޑުނަގައިދޭން އޭރިއާތެރެއަށް އަރައި، ވިޓީނިއާ ޖެހި ޝޮޓް ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން މަތަކުރިއިރު، ރީބައުންސް ބޯޅަ ބެކްހީލަކުން ގޯލަށް ވައްދާލަން ރޮނާލްޑޯ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

އޭގެ ފަހުން، މެޗުގެ 65 ވަނަ މިނިޓްގައި، ފްރާންސްގެ ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ، ޕޯޗުގަލްގެ އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް، އެ ޓީމުގެ ޑިފެންޑަރު، ރުބެން ޑިއާޒް ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ހަަަތަރު މިނިޓް ފަހުން، ފްރާންސްގެ އެޑޮއާޑް ކަމަަވިންގާ އަށް އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ދިޔައީ ބޭރުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ފްރާންސް އޭރިއާތެރެއިން ލިބުނު ފުރުސަތުތަކަކުން، ރޮނާލްޑޯ ޖެހި ޝޮޓެއް ހުރަސްދަނޑިމަތިން ދިޔައިރު، ރަފައެލް ލެއާއޯ ޖެހި ބޯޅަ ފްރާންސްގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ ވަނީ ބްލޮކްކޮށްފަ އެެވެ. އަދި އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު މިނިޓްގައި، ނޫނޯ މެންޑޭޒް ޖެހި ބޯޅައެއް އަމާޒުވީ ކީޕަރު މައިންގްނޯން އަތަށެވެ.

ފްރާންސްގެ ފޯވާޑް އެމްބާޕޭ: މި ފަހަރުގެ ޔޫރޯގައި އުންމީދުކުރި ލެވަލްގެ ކުޅުމެއް ނުދައްކާ

ފްރާންސަށް އިތުރު ވަގުތުގެ ދެ ހާފުގައި އެންމެ ރަނގަޅަށް ކުޅުނީ އޮސްމާން ޑެމްބެލޭ އެވެ. އޭނާގެ ރަނގަޅު ކުޅުމަށް ފަހު، އެމްބާޕޭ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ޝޮޓް، ޕޯޗުގަލްގެ 41 އަހަރުގެ ޑިފެންޑަރު، ޕެޕޭ ބްލޮކްކުރި އެެވެ. އެމްބާޕޭ ވަނީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބަދަލުކޮށްފަ އެވެ.

ގަދަ 16 ބުރުގައި ސްލޮވީނިއާއާ ދެކޮޅަށް ޕެނަލްޓީގައި ނަތީޖާ ނެރެން ޖެހުނު، ޕޯޗުގަލް އިން ކުއާޓާ ފައިނަލުގައި ވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގަ އެވެ.

ޕެނަލްޓީގައި ފުރަތަމަ ފްރާންސްގެ ޑެމްބެލޭ ޖެހި ބޯޅަ ގޯލަށް ވައްދާލި އެވެ. ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ފޮނުވާލި ޔޫސުފް ފޮފާނާ ވެސް ކާމިޔާބުކުރިއިރު، ޕޯޗުގަލްގެ ދެ ވަނަ ޕެނަލްޓީ ޖަހަންދިޔަ، ބެނާޑޯ ސިލްވާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ފްރާންސްގެ ތިން ވަނަ ޕެނަލްޓީ ޖެހި، ޖޫލްސް ކޫންޑޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ކަނަށެވެ. ޖޮއާއޯ ފެލިކްސް ޖެހި ޕޯޗުގަލްގެ ތިން ވަނަ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. ފްރާންސަށް ޕެނަލްޓީގައި ލީޑުނަގައިދެން ދިޔަ، ބްރެޑްލީ ބަކޯލާ އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕޯޗުގަލްގެ ހަތަރު ވަނަ ޕެނަލްޓީ ޖެހި، ނޫނޯ މެންޑޭޒް ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. ފްރާންސް މޮޅުވި އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ތެއޯ ހެނާންޑޭޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މި ނަތީޖާއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 39 އަހަރުގެ ރޮނާލްޑޯގެ ކެރިއަރު ނިމުނީ އެވެ. ރޮނާލްޑޯ ވަނީ 2004 އާއި 2016 ވަނަ އަހަރު ޔޫރޯގެ ފައިނަލުގައި ކުޅެފަ އެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ ފައިނަލުގައި ގްރީސް އަތުން ބަލިވި ނަމަވެސް، 2016 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ބަލިކޮށް ތަށި ހޯދި އެވެ. އެހެން ނަމަވެސް މި ފަހަރުގެ ޔޫރޯގައި، ފްރާންސް އަތުން ބަލިވެ، ކުއާޓާ ފައިނަލުން ކެޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox