އުފާފާޅުކުރި ގޮތުން ބެލިންހަމް އެއް މެޗަށް ސަސްޕެންޑް، ޑެމިރާލް ދެ މެޗަށް ސަސްޕެންޑް

Jul 5, 2024, 11:18 AM
އުފާފާޅުކުރި ގޮތުން ބެލިންހަމް އެއް މެޗަށް ސަސްޕެންޑް، ޑެމިރާލް ދެ މެޗަށް ސަސްޕެންޑް

މިއުނިކް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު އަމަލުކޮށްފައިވާ ގޮތުން އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެއް މެޗަށް ސަސްޕެންޑްކުރިއިރު، ތުރުކީގެ ޑިފެންޑަރު، މެރިހް ޑެމިރާލް ދެ މެޗަށް ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމައިފި އެވެ.

ސްލޮވާކިއާ އިން ލީޑުގައި އޮއްވައި، އިންގްލެންޑް މެޗުން ބަލިވެ، މުބާރާތުން ކަޓައިގެންދާން މިނިޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއް އޮއްވައި، ބެލިންހަމް އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެކްރަބެޓިކް ކިކް އަކުން ޖެހި ގޯލަކުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އެއް ގޯލެވެ. އެ ގޯލަށް ފަހު، ބެލިންހަމް، 21، އުފާފާޅުކުރިއިރު، ސްލޮވާކިއާ ބެންޗަށް އިޝާރާތްކޮށް ބޭއަދަބީ ގޮތަކަށް އަމަލުކޮށްފައިވާތީ، ޔުއެފާ އިން މައްސަލަ ބަލައި ފިޔަވަޅު އެޅީ އެވެ.

އެ ގޮތުން، ޔުއެފާ އިން މިއަދު ނިންމީ ބެލިންހަމް، 30،000 ޔޫރޯ އިން ޖޫރިމަނާކުރުމަށް ފަހު، އެއް މެޗަށް ސަސްޕެންޑްކުރާށެެވެ. އެކަމަކު، މި ސަސްޕެންޝަނަށް އަަމަލުކުރަން ފަށާނީ، އެއް އަހަރު ފަހުންނެވެ. އަދި ޔުއެފާ އިން ވަނީ ސްލޮވާކިއާ މެޗުގައި އިނގިރޭސި ސަޕޯޓަރުން އަލިފާން ބޯޅަ އުކައިފައިވާތީވެ، 11،000 ޔޫރޯ އިން އިނގިރޭސި އެފްއޭ ޖޫރިމަނާކޮށްފަ އެވެ.

ޑެމިރާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބެލިންހަމް، އަށް މި މުބާރާުތުގައި ސަސްޕެންޝަނެއް ނާންނާތީވެ، މާދަމާރޭ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުގައި ކުޅެވޭނެ އެވެ.

އޮސްޓްރިއާ އަތުން ތުރުކީ މޮޅުވި މެޗުގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ޑެމިރާލް، 26، އެވެ. އެ ގޮތުން ލަނޑު ޖެހުމަށް ފަހު، ޑެމިރާލް ދެ އަތުން އިޝާރާތްކޮށްފައިވަނީ ސިޔާސީ ކަމަކަށް ހިތްވަރުލިބޭ ގޮތަށެވެ. އަދި އެއީ، އެކްސްޓްރީމިސްޓް ގްރޫޕެއް ކަމަށްވާ ގްރޭ ވުލްވްސްގެ ވުލްފް ސެލިއުޓާ އެއްގޮތްވާ އިޝާރާތެކެެވެ.

މިއީ، ފްރާންސް އާއި އޮސްޓްރިއާގައި މަނާ އިޝާރާތެއް ކަަމަށްވާއިރު، ޑެމިރާލް އޮތީ މާކުރިން ވެސް މި މެޗުގައި ލަނޑެއް ޖެހިއްޖެނަމަ އެކަން ކުރާ ގޮތަށް ރާވައިފަ އެވެ.

އެހެންވެ، އެ ކަމަށް ބަލައިފައި ޔުއެފާ އިން ނިންމީ ޑެމިރާލް ދެ މެޗަށް ސަސްޕެންޑް ކުރުމަށެވެ. މިއާ އެކު ޑެމިރާލް އަށް ވަނީ މާދަމާރޭ ތުރުކީން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

މިއާ އެކު، ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޑެމިރާލްގެ ސަސްޕެންޝަން އެޕީލްކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox