ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކޮށްފި

ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުން -- ފޮޓޯ: ދިރާގު

ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުން -- ފޮޓޯ: ދިރާގު

ދިރާގުން ރާއްޖޭގެ އީސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް ގެނުވާނެ މުޅިން އާ ގޭމިން ޕްލެޓް ފޯމް "ދިރާގު ގޭމާސް ގިލްޑް" ރޭ ލޯންޗުކޮށްފި އެވެ.

އެ ޕްލެޓްފޯމަކީ ގޭމަރުންނަށް ހާއްސަ އަދި ގޭމިން ކޮމިއުނިޓީގެ ބައިވެރިވުމާއި މަޝްވަރާއާއެކު ރާއްޖޭގައި ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން ގޭމަރުން ބޭނުންވާ ފަދަ ގޮތަކަށް އުފެދިފައިވާ ތަފާތު ފީޗާތަކާއި ހިދުމަތްތައް މި ޕްލެޓްފޯމުން ލިބޭނެ އެވެ.

މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއު އެވެ. އަދި މި އިވެންޓްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އިސްމާއިލް އާމިރު، މުހައްމަދު ރިޔާޒު އަދި އަބްދުލް ރައްޒާގު އިބްރާހިމްގެ އިތުރުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުއާއި ދިރާގުގެ އިސް ބޭފުޅުންނާއި ގޭމިން ކޮމިއުނިޓީގެ އެކި މެންބަރުން ބައިވެރިވި އެވެ.

އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އުންމީދަކީ މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ރާއްޖޭގެ އީސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ބާރުވެރިވެ ބައިނަލްއަގްވާމީ މުބާރާތްތަކުން މޮޅެތި ވަނަތަށް ހާސިލްކުރާތަން ދެކުން ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލާ، މުޅިން ތަފާތު އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެން ދިއުން ކަމަށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވިދާޅުވީ މި ޕްލެޓްފޯމުން ކުޅިވަރާއި، ވާދަވެރިކަމާއި، ހުނަރު ތަރައްގީކުރުމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމަށާއި އުންމީދަކީ ދިރާގުގެ އެއްބާރުލުމާ އެކު ރާއްޖޭގެ އީސްޕޯޓްސް އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް، ގައުމަށް ފަޚުރުވެރި ވަނަތައް ގެނެސްދޭ މުސްތަގުބަލެއް ފެނުން ކަމަށެވެ.

ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުން -- ފޮޓޯ: ދިރާގު
ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުން -- ފޮޓޯ: ދިރާގު

ދިރާގުގެ އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުން -- ފޮޓޯ: ދިރާގު

ދިރާގު ގޭމާސް ގިލްޑްގެ ފާހަގަކޮށްލެވޭ ތަފާތު އެއް ފީޗާއަކީ ދިރާގުން ބާއްވާ އެކި އީސްޕޯޓްސް މުބާރާތްތަކަށް ފަސޭހަކަމާ އެކު ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.

އެގޮތުން މި ޕްލެޓްފޯމްގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ސަބަބުން ގޭމަރުން ބޭނުންވާ ހުރިހާ ގޭމަރުންނަށް ވެސް މުބާރާތްތަކުގައި ވާދަކޮށް އެ ފަރާތްތަކުގެ ހުނަރު ދައްކާލެވޭނެ އެވެ.

މީގެ އިތުރުން ޑީޖީޖީގައި ރަޖިސްޓާކޮށްފައިވާ ގޭމަރުންނަށް އެފަރާތްތަކުގެ ގޭމިން ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ހާއްސަ ފައިބާ ބްރޯޑްބޭންޑް ބޫސްޓަތާކާއި މޮބައިލް އެޑް-އޮންތައް ޕްލެޓްފޯމްގެ ތެރެއިން ނެގޭނެ އެވެ.

ޑީޖީޖީ ލޯންޗުކުރެވިގެން ދިޔައީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކް-އިން ގޭމިން މުބާރާތަކާއެކު އެވެ.

އެގޮތުން ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކޮށް، ރޮކެޓް ލީގް އަދި އީއޭއެފްސީ 24، ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެ އެވެ. އަދި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ލިބެގެންދާނެ އެވެ.

ދިރާގުން ބުނީ އެ ޕްލެޓްފޯމުން އެންމެން ހިމެނޭ ފަދަ އީސްޕޯޓްސް ކުޅުންތެރިންގެ ކޮމިއުނިޓީއެއް އުފެއްދުމުގެ އިތުރުން ކުޅުންތެރިން އެކަކު އަނެކަކާ ގުޅުވާލަދީ، ތަފާތު ގޭމުތައް ކުޅުމުގެ ފުރުސަތ ފަހިކޮށްދޭނެ ކަމަށެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox