ޖަރުމަނަކީ "މެޝިނެއް"؛ ސްޕެއިންގެ ހިތްވަރަކީ މޮޅު ޓީމެއް އޮތުން

Jul 5, 2024, 3:14 AM
ޖަރުމަނަކީ "މެޝިނެއް"؛ ސްޕެއިންގެ ހިތްވަރަކީ މޮޅު ޓީމެއް އޮތުން

ސްޓުޓްގާޓް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ ޖަރުމަނު ޓީމަކީ ފުޓްބޯޅައިގެ "މެޝިނެއް" ކަމަށާއި ސްޕެއިނުން އެ ފަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ހިތްވަރަކީ މޮޅު ޓީމެއް އޮތުން ކަމަށް ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ ބުނެފި އެވެ.

މިއީ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި ޖަރުމަނުގެ ހަތަރު ވަނަ ކުރިމަތިލުމެވެ. ސްޕެއިނުން 1984 ވަނަ އަހަރު ޖަރުމަނު ބަލިކޮށްފައިވަނިކޮށް، އެ ޓީމުން ވަނީ 1988 ވަނަ އަހަރުގެ މުބާރާތުގައި ސްޕެއިން ބަލިކޮށް ބަދަލުހިފައިފަ އެވެ. އެންމެ ފަހުން، ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗަކީ، 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލެވެ. ސްޕެއިން ވަނީ ޖަރުމަނު 1-0 އިން ބަލިކޮށްފަ އެވެ.

ތިން ފަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި ސްޕެއިނަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމެވެ. ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ ބުނީ، އެ ޓީމުގެ ހިތްވަރަކީ ވެސް އެއީ ކަމަށެވެ.

"ޖަރުމަނަކީ މޮޅު ޓީމެއް، މޮޅު ކުޅުންތެރިން ހިމެނޭ ފުޓްބޯޅައިގެ މެޝިނެއް، އެ ފަދަ ޓީމަކާ އެކު ކުޅުމަކީ ސްޕެއިނަަށް މި ވަގުތު ކުރެވޭނެ ކަމެއް. އަހަރެމެންގެ އެބައޮތް ހުނަރުހުރި މޮޅު ޓީމެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

"ޖަރުމަނު ޓީމުގައި ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު އަދި މޮޅެތި ކުޅުންތެރިން އެބަތިބި. މީގެ ވިސްނަން ޖެހޭ ކަމަކީ އެ މީހުން (ޖަރުމަނު) އެ ނުކުންނަނީ އެ ވަރުގެ ޓީމަކާ ދެކޮޅަށް މޮޅުވާން ފެންބޮވައިގަނެފައި އޮތް ޓީމަކާ ދެކޮޅަށް. މި ކަހަލަ މެޗުތަކުގައި ވަރަށް ކުޑަކުޑަ ކަމަކުން ނަތީޖާ ނުކުންނާނީ، ވިސްނަންޖެހޭނެ،"

މެޗުގެ ކުރިން ސްޕެއިންގެ ފޯވާޑް، ހޮސޭލޫ ވަނީ އޭނާއާ އެކު ރެއާލް މެޑްރިޑަށް ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ފުޓްބޯޅައިން ރިޓަޔާކުރާ މެޗަށް މި މެޗު ވާނެ ކަމަށް ބުނެފަ އެވެ. ކްރޫސް، އެ ވާހަކަ އަށް ރައްދުދިނުމުގެ ގޮތުން ބުނީ، އެ ގޮތަށް ވިސްނައިގެން މެޗަށް ނުނިކުންނާނެ ކަމަށެވެ.

ޑެ ލަ ފުއެންޓޭ ވަނީ މެޗުގެ ކުރިން ކްރޫސް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ސަމާސާ ރާގަކަށް، ޑެ ލަ ފުއެންޓޭ ބުނީ، ޔުއެފާ އަށް ހުށަހަޅައިގެން މެޗުގައި ކްރޫސް ބޯޅަ ގެންގުޅޭ މިނިޓް މަދުކުރެވޭނަމަ އެކަން ކުރާނެ ކަމަށެވެ.

"އަހަރެން ބޭނުން ޔުއެފާ އިން ހުއްދަދޭނަމަ ކްރޫސް އަށް ބޯޅަ ގެންގުޅެވޭ އަދި ޕާސް ކުރެވޭ ވަގުތު ލިމިޓްކުރަން. އެކަމަކު، ހިއެއްނުވޭ، ޔުއެފާ އިން ވެސް އެ ކަހަލަ ކަމެއްގެ ހުއްދަދޭނެހެން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ޑެ ލަ ފުއެންޓޭ އަށް އެ ޓީމުގެ ކޯޗުކަން ދިނުމުގައި ބެލި އެންމެ ބޮޑު ކަމަކީ އޭނާ މިހާރު އޮތް ސްޕެއިނުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފައިވާ މިންވަރަށެެވެ. ޑެ ލަ ފުއެންޓޭ ވަނީ ސްޕެއިނުގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. ސްޕެއިންގެ ހެޑް ކޯޗުކަަމަށް އައިސް، ޑެ ލަ ފުއެންޓޭ ވަނީ އެ ޓީމަށް ނޭޝަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

"އަހަންނަށް އަބަދުވެސް ހިތްވަރު ލިބޭ މި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނާ އެކު، އަހަރެން ހޯދާފައިވާ ކާމިޔާބީތަކުގެ ހަނދާން އައީމަ. އެ ފަދަ ކާމިޔާބީ ހޯދަން އަދިވެސް ބޭނުން. ހިތްހަމަޖެހުން ލިބޭ އެންމެ ބޮޑު އެއް ކަމަކީ، އަހަރެމެންނަށް މި ތަށި (މި ޔޫރޯ) ކާމިޔާބު ކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނާތީވެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުން މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރާނަމަ، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ހާސިލްނުކުރެވޭ ކަމެއް ކުރަން ޖެހޭނެ އެވެ. ސްޕެއިނުން މީގެ ކުރިން ޔޫރޯ އާއި ވޯލްޑް ކަޕްގެ މެޗެއްގައި މުބާރާތް ބާއްވާ ގައުމާ ކުޅެން ޖެހިއްޖެނަމަ މޮޅުވެފައިނުވެ އެވެ. އެ ގޮތުން، މުބާރާތް ބާއްވާ ގައުމާ މިހާތަނަށް ކުޅުނު ނުވަ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ.

ޖަރުމަނާއި ސްޕެއިން އެންމެ ފަހުން މުބާރާތެއްގައި ބައްދަލުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު ނިމުނީ، 1-1 އިން އެއްވަރުވެގެންނެވެ. ޖަރުމަނާ ދެކޮޅަށް މުބާރާތްތަކުގައި އެންމެ ފަހުން ސްޕެއިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވެ އެވެ. ދެ މެޗު އެއްވަރުވިއިރު، ދެ މެޗުން ސްޕެއިން މޮޅުވީ އެވެ.

ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox