ޔާމީނުގެ ސުވާލު: ޝަމްނާޒް ހައްޔަރުކުރީ ކޮރަޕްޝަނަކާ ގުޅޭ ޕެންޑްރައިވެއް އޮވެގެން ނޫންބާ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންއެފްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އަދަދު/ފައިލްފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންއެފްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އަދަދު/ފައިލްފޮޓޯ

އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރީ ހަމަ ހަގީގަތުގައި ވެސް ސިހުރުގެ ތުހުމަތަށްތޯ ނުވަތަ އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ސިޓީ ކައުންސިލުގައި ހިނގާފައި އޮތް ހިޔާނާތަކާ ގުޅޭ "ޕެން ޑްރައިވް" އެއް ހޯދަން ކުރި ކަމަކަށް ވެދާނެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިރޭ ސުވާލު އުފައްދަވައިފި އެވެ.

ޔާމީނު އެ ސުވާލު ކުރެއްވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ޕޮލިސް ކަމިޝަނަރު ހުސައިން ވަހީދު ވާހަކަ ދައްކަވަނިކޮށް، އޭނާއާ އެވެ. އެ ސުވާލަށް ވަޑައިގެންނެވުމުގެ ގޮތުން އެމަނިކުފާނު ފުރަތަމަ ފާހަގަކުރެއްވީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ޝަމްނާޒަކީ ވަރަށް އަރިސްކޮށް އުޅުއްވި ކައުންސިލަރެއް ކަމެވެ.

ސިޓީ ކައުންސިލުގައި ހުރި ކޮރަޕްޝަންތަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން އިވޭ މައްސަލަތަކެކެވެ.

Advertisement

"މީގެ ބައެއް މައްސަލަތައް އެބަހުރި މިހާރު ވެސް އޭސީސީ އަަށް ހުށަހެޅިފައި އިނގޭތޯ. އެހެންވީމަ ފަހަރުގައި ވެދާނެތޯ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގާފައި ހުރި ކަރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް އޮތީމަ އޭނަގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީއޭ. އެހެންވީމަ މިއީ ސިހުރު ހާހުރައިގެ ވާހަކަތޯ ނޫނިއްޔާ އެހެން ކޮންމެވެސް އެއްޗެއް ހޯދާފައި، އެ ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ" ޔާމީނު ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް އެކުގައި މަސައްކަތްކުރާ މީހަކު ހަށިރައްކަލަކަށް ޓަކައި އެފަދަ ކަމެއްގެ މައުލޫމާތު ޕެންޑްރައިވެއްގައި ރައްކާކޮށްގެން ގެންގުޅެފާނެ ކަމަށް ގަބޫލުކުރައްވަން ފަސޭހަ އެވެ. އެހެންވީމާ އެ ކަހަލަ ޕެންޑްރައިވެއް ހޯދަން ޝަމްނާޒް ހައްޔަރު ކުރުމުގެ ޖާގަ އޮވެދާނެތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ޝަމްނާޒް ހައްޔަރުކުރީ ރިޔާސީ ގަނޑުވަރު މުލިއާގެ އިން ފޮނުވި މައްސަލައެއް ނޫން ކަަމަށް ބުނާ ކަމަށާއި އެހެން ނަމަވެސް އެވާހަކަ ގަބޫލުނުކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީނު ވިދާޅުވި ގޮތުގައި ފުލުހުން އިސްނަގައިގެން އެފަދަ މައްސަލައެއް ބަލައިފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox