ހަށިވިއްކުމުގައި އުޅުނު ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ދެ އަންހެނުން އަތުލައިގަތުން: އެއީ ވިއެޓްނާމަށް ނިސްބަތްވާ ދެ މީހުން -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ދެ އަންހެނުން އަތުލައިގަތުން: އެއީ ވިއެޓްނާމަށް ނިސްބަތްވާ ދެ މީހުން -- ފޮޓޯ: އިމިގްރޭޝަން

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އިމިގްރޭޝަނުން ބުނީ ބެލުމުގެ ދަށަށް ގެންދިޔައީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނުން ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ، ވިޔަފާރިކުރާ އަދި ގާނޫނާ ހިލާފު ކަންކަން ކުރާ ބިދޭސީން ދެނެގަނެ، އެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން އަންނަނީ ކުރަމުންނެވެ.

އެގޮތުން މާލޭގައި ވިޔަފާރިކުރާ 50 އެއްހާ ބިދޭސީން މިވަގުތު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކޮށް ދަނީ އަތުލައިގަންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox