މި ހުކުރު ދުވަހު ފުޓްބޯޅައިން ރިޓަޔާކުރަން ކްރޫސް ނުވިސްނާ

Jul 4, 2024, 6:00 AM
މި ހުކުރު ދުވަހު ފުޓްބޯޅައިން ރިޓަޔާކުރަން ކްރޫސް ނުވިސްނާ

މިއުނިކް (ޖުލައި 4) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާ ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސްގެ ކެރިއަރުގެ ފަހު މެޗަކީ ހުކުރު ދުވަހު ސްޕެއިނާ ދެކޮޅަށް ކުޅޭ ޔޫރޯގެ ކުއާޓާ ފައިނަލް ކަމަށްވާނެ ކަމާ މެދު ނުވިސްނާ ކަމަށް އޭނާ ބުނެފި އެވެ.

ކްރޫސް، 34، މީގެ މަހެއް ކުރިން ވަނީ ފުޓްބޯޅަ އިން އޭނާގެ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ. އެއީ މި ފަހަރުގެ ޔޫރޯ އަށް ފަހު އެވެ.

ކްލަބް ކެރިއަރުގައި އޭނާ ފަހު މެޗު ކުޅުނީ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑަށް ތަަށި ހޯދައިދީގެންނެވެ. ކްރޫސްއާ އެކު، ރެއާލަށް ކުޅުނު ސްޕެއިންގެ ފޯވާޑް، ހޮސޭލޫ ވަނީ، ޔޫރޯ ކުއާޓާ ފައިނަލުން ކްރޫސް ރިޓަޔާކުރާނެ ކަމަށް ބުނެފަ އެވެ. އެއީ، ސްޕެއިނުން ޖަރުމަނު ބަލިކޮށްފިނަމަ އެވެ.

އެކަމަކު، ކްރޫސް ބުނީ، އޭނާ އެ ގޮތަށް ނުދެކޭ ކަމަށެެވެ.

"ފުޓްބޯޅައިގެ ކަންކަން އަބަދުވެސް ހަނދާން ހުންނާނެ. އަހަރެން ގަބޫލުކުރަން ވެސް ހީކުރަން ވެސް ބޭނުމެއް ނޫން، ހުކުރު ދުވަހު މި އޮތް މެޗަކީ (ސްޕެއިން މެޗަކީ) އަހަރެންގެ ކެރިއަރުގެ ފަހު މެޗަށް ވާނެ ކަމަށް،" ކްރޫސް ބުންޏެވެ.

ޖަރުމަނު ފުޓްބޯޅަ ޓީމުން މީގެ ކުރިން ރިޓަޔާކުރި، ކްރޫސް އަލުން އެނބުރި ޓީމަަށް އައީ މި އަހަރު އެވެ. އެއީ މި އަހަރުގެ ޔޫރޯއާ ދިމާކޮށެވެ. ކްރޫސްގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގައި ނުލިބި އޮތް ބޮޑު ތަށްޓަކީ، ޔޫރޯ އެވެ. އެހެންކަމުން، މި ފަހަރުގެ ޔޫރޯ ކާމިޔާބުކުރަން އެންމެ ބޮޑަށް ބޭނުންވެފައި ހުރި އެއް ކުޅުންތެރިއަކީ ކްރޫސް އެވެ.

"އަހަރެމެންނަށް މި ހިސާބަށް ނާދެވޭނެ ކަމަށް ދެކުނު މީހުން ވެސް އެބަތިބި. އެކަމަކު، މިއީ ފުޓްބޯޅަ އުންމީދާ އެކު މަސައްކަތް ކުރާނަމަ ކުރިއަށް ދެވޭނެ. އަހަރެން ދެކެނީ އެހެން،" ކްރޫސް ބުންޏެވެ.

ކްރޫސް ބުނީ ފުޓްބޯޅައިން ރިޓަޔާކުރަން ޖެހުމުގެ ބިރު ނެތް ކަމަށާއި ބޭނުންވަނީ ކުޅޭ ކޮންމެ މެޗެއްގައި ތަފާތު ދެއްކުމަށް ކަމަށެވެ.

ޖަރުމަނާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ނުކުންނައިރު، ސްޕެއިނަށް ކަންބޮޑުވުމެއް އެބައޮތެވެ. އެއީ ތާރީހާ ގުޅިފައިވާ ކަމެކެވެ. ސްޕެއިނުން މީގެ ކުރިން ޔޫރޯ އާއި ވޯލްޑް ކަޕްގެ މެޗެއްގައި މުބާރާތް ބާއްވާ ގައުމާ ކުޅެން ޖެހިއްޖެނަމަ މޮޅުވެފައިނުވެ އެވެ. އެ ގޮތުން، މުބާރާތް ބާއްވާ ގައުމާ މިހާތަނަށް ކުޅުނު ނުވަ ފަހަރުގެ ތެރެއިން ސްޕެއިން ބަލިވި އެއް މެޗަކީ، 1988 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި 2-0 އިން ޖަރުމަނު އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox