ޓެން ހާގްގެ ކޮންޓްރެެކްޓް އާ ކޮށްފި، ހަރަދު ކުޑަކުރަން ޔުނައިޓަޑް އިން 250 މުވައްޒަފުން ކަނޑާލަނީ

Jul 4, 2024, 2:36 PM
ޓެން ހާގްގެ ކޮންޓްރެެކްޓް އާ ކޮށްފި، ހަރަދު ކުޑަކުރަން ޔުނައިޓަޑް އިން 250 މުވައްޒަފުން ކަނޑާލަނީ

މެންޗެސްޓާ (ޖުުލައި 4) - މެންޗެސްޓާ ޔުނައިޓެޑްގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގެންނަ ބައެއް ބަދަލުތަކުގެ ތެރެއިން، ކްލަބުން ހިންގުމަށް ކޮންމެހެން ބޭނުންނުވާ ކަންތައްތައް ހުއްޓާލައި، 250 މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް އެ ކްލަބުން ނިންމައިފި އެވެ.

މީގެ އިތުރުން ޔުނައިޓެޑުން ވަނީ އެ ކްލަބްގެ ކޯޗު، އެރިކް ޓެން ހާގްހެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކޮށްފަ އެެވެ. ޓެން ހާގްގެ ކުރީގެ ކޮންޓްރެކްޓަށް އިތުރު އެއް އަހަރު ހިމެނުމަށް ފަހު، ޔުނައިޓެޑުން އޭނާއާ އެކު އެއްބަސްވުން އާ ކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ.

ޔުނައިޓެޑްގެ ހިންގުމާ އިނގިރޭސި މަހުޖަނެއް ކަމަށްވާ ޖިމް ރެޓްކްލިފްގެ އިނިއޮސްގެ ހަވާލުވި ފަހުން ކްލަބުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވައިފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓެޑްގެ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް މަގާމުތައް އުވާލަން ނިންމާފައިވާކަން ޔުނައިޓެޑްގެ މުވައްޒަފުންނަށް އިއްޔެ ވަނީ އަންގައިފަ އެވެ. މިއީ، ޔުނައިޓަޑްގެ މުވައްޒަފުންނަށް ލިބުނު ޝޮކެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ވަޒީފާ ގެއްލިފައިވާކަން ބައެއް މުވައްޒަފުންނަށް މިހާރު އަންގާފައިވާ ކަމަށެވެ. ޔުނައިޓެޑްގައި 1000 މުވައްޒަފުން މަސައްކަތްކުރެ އެވެ.

ޔުނައިޓެޑްގެ ވިސްނުމަކީ ހަރަދުތައް ކުޑަކޮށްގެން ސަލާމަތްވާ ފައިސާ، ކްލަބުގެ ސީނިއާ ޓީމާޢި ކްލަބުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންކުރުމެވެ.

އިނިއޮސް ޔުނައިޓެޑްގެ ހިންގުމާ ހަވާލުވި ފަހުން، ހަރަދު ކުޑަކުރުމަށް ވަނީ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އެ ގޮތުން، އެފްއޭ ކަޕްގެ ފައިނަލަށް ޔުނައިޓެޑްގެ މުވައްޒަފުންނަށް ކުރިން ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދިން ނަމަވެސް، މި އަަހަރުގެ އެފްއޭ ކަޕަށް އެކަން ވަނީ ހުއްޓާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox