ގަވަރުނަރު ބަދަލުކުރަނީ ފައިސާ ދޮންނަ މެޝިނަކަށް އެމްއެމްއޭ ހަދަން: ޝިފާޒު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބަދަލުކުރަން، ވެރިކަން ހިންގާ ޕީއެންސީން އުޅެނީ ފައިސާ ދޮންނަ މެޝިނަކަށް އެ މުއައްސަސާ ހެދުމަށް ކަމަށް، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އަލީ ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަން ކުރީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ. މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބުމާއެކު ގަވަރުނަރު ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ގަވަރުނަރު ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މިހާރު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފަ އެވެ.

އަދަދު ނޫހުން ރޭ ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގައި ޝިފާޒު ވިދާޅުވީ އަލީ ހާޝިމުގެ އިންޓެގްރިޓީއާމެދު ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތް ކަމަށާއި ވެރިޔަކު ރުއްސަން ބުނަން ޖެހޭ ބަހެއް، ދޭންޖެހޭ ލަފައެއް ނުދެއްވައި އޭނާ ނުހުންނަވާނެ ކަމަށެވެ.

"ކުއްލިއަކަށް އެމްއެމްއޭ ގަވަރުނަރު ބަދަލުކުރަން އެ އުޅޭ އުޅުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ނުރައްކާތެރި ކަމެއް. ވަރަށް ނުރައްކާތެރި ކަމެއް،" ޝިފާޒު ވިދާޅުވި އެވެ.

އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވަންޖެހޭ ކަމަށާއި އަލީ ހާޝިމް ފަދަ ނަޒާހަތްތެރިކަން ހުރި ބޭފުޅަކު ބަދަލުކުރަންޖެހޭ ސަބަބަކަށް އޮންނާނީ ސަރުކާރުގެ ޕަޕެޓަކު އައްޔަންކޮށް، "ލާރި ދޮންނަ މެޝިނަކަށް އެމްއެމްއޭ ހެދުމަށް" ކަމަށް ޝިފާޒު ގަބޫލުކުރައްވަ އެވެ.

ކުރީގެ ބައެއް ވެރިކަންތަކުގައި އެފަދަ ކަންކަން ކުރައްވަން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ނަމަވެސް، އެކަންކަން ކާމިޔާބު ނުވީ އޭރުވެސް ތިއްބެވި ގަވަރުނަރުންގެ ހުޝިޔާރު ކަމުން ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ކަޅު ފައިސާ ރާއްޖެއަށް ވައްދަން މަސައްކަތް ކުރަނީ ސަރުކާރު ހިންގަން ނޭނގި، މާލީ ދަތިކަން އިންތިހާއަށް ބޮޑުވެފައި އޮތުމުން ކަމަށް ޝިފާޒު ފާހަގަ ކުރެއްވި އެވެ. އެ މަގަށް ދައުލަތް ހިނގެއްޖެ ނަމަ ރާއްޖެ ހަލާކުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ ރާއްޖޭގެ މާލީ ނިޒާމު ހިނގަމުންދާ ގޮތުގެ މައްޗަށް މި ބޭފުޅުންނަށް މެނޭޖު ނުކުރެވިގެން އެބަ އުޅޭކަން. ލިބޭ އާމްދަނީ މެނޭޖެއް ނުކުރެވޭ،" ޝިފާޒު ވިދާޅުވި އެވެ.

ފައިސާ މެނޭޖު ނުކުރެވުނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރަން ނުޖެހޭ ބޮޑެތި ހަރަދުތައް ކުރުމުން ކަމަށް ޝިފާޒު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ މުލިއާގެ އަށް ބަދަލުވެވަޑައިގަތުމަށް ކުރެއްވި ހަރަދު ބޮޑު މަރާމާތާއި، ސަރުކާރުގެ ވެރިންގެ ބޭރު ދަތުރު ހަރަދާއި، ގެންގުޅުއްވި ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox