ބޭއަދަބީ އުފާފާޅުކުރުމަކާ ހެދި ބެލިންހަމް ހޫނުފެނަށް

Jul 2, 2024, 3:40 PM
ބޭއަދަބީ އުފާފާޅުކުރުމަކާ ހެދި ބެލިންހަމް ހޫނުފެނަށް

ގެލްސެންކާޗެން، ޖަރުމަނު (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ސްލޮވާކިއާ ކޮޅަށް ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު، އިންގްލެންޑްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އުފާފާޅުކުރިއިރު، ބޭއަދަބީ ގޮތަކަށް އަމަލުކޮށްފައިވާތީ ޔުއެފާ އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ސްލޮވާކިއާ އިން ލީޑުގައި އޮއްވައި، އިންގްލެންޑް މެޗުން ބަލިވެ، މުބާރާތުން ކަޓައިގެންދާން މިނިޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއް އޮއްވައި، ބެލިންހަމް އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެކްރަބެޓިކް ކިކް އަކުން ޖެހި ގޯލަކުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އެއް ގޯލެވެ.

އެ ގޯލަށް ފަހު، ބެލިންހަމް، 21، އުފާފާޅުކުރިއިރު، ސްލޮވާކިއާ ބެންޗަށް އިޝާރާތްކޮށް ބޭއަދަބީ ގޮތަކަށް އަމަލުކޮށްފައިވާތީ، އެކަން ޔުއެފާގެ ސަމާލުކަމަށް އައިސް، މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އެ އަށް ޖަވާބުދާރީވުމުގެ ގޮތުން، ބެލިންހަމް ބުނީ، އެ އުފާފާޅުކުރުން އަމާޒުކުރީ، އޭނާގެ ގާތް ރަހުމަތްތެރިންނަށް ކަމަށެވެ.

ޔުއެފާ އިން މި މައްސަލަ ބެލުމަށް ފަހު، ބެލިންހަމް ކުށެއް ކުރިކަމަށް ސާބިތުވެއްޖެނަމަ، ސަސްޕެންޝަނެއް ނޫނީ ޖޫރިމަނާއެއް އައުން އެކަށީގެންވެ އެވެ. އަދި މައްސަލައިގައި ބެލިންހަމްގެ މައްސަލަ ފާހަަގަކުރެވޭ މިންވަރަށް ބަލައިފައި، ސާބިތުވާނަމަ، ސަސްޕެންޝަނަކާއި ޖޫރިމަނާއެއް އެކުގައި އައުމުގެ ފުރުސަތު ވެސް އެބައޮތެެވެ.

އިންގްލެންޑުން ޔޫރޯގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑާ ކުޅޭ މެޗުގެ ކުރިން ބެލިންހަމްގެ މައްސަލަ ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލް މެޑްރިޑަށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި، ބެލިންހަމް ވަނީ މި ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ދެ ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox