ބެލްޖިއަމް ކަޓުވާލައި ފްރާންސް ކުއާޓާ ފައިނަލަށް

Jul 1, 2024, 6:06 PM
ބެލްޖިއަމް ކަޓުވާލައި ފްރާންސް ކުއާޓާ ފައިނަލަށް

ޑަސެލްޑޯފް (ޖުލައި 1) - މެޗުގެ ފަހު 10 މިނިޓުތެރޭގައި ކާމިޔާބުކުރި ލަނޑާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި މިރޭ ބެލްޖިއަމް އަތުން 1-0 އިން މޮޅުވެ، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ޓީމަށް ލަނޑު ޖަހާނެ މާ ގިނަ ހުސް ފުރުސަތުތަކެއް ނުލިބުނު މެޗުން ފްރާންސް ކުރި ހޯދީ މެޗުގެ 85 ވަނަ މިނިޓުގައި ފްރާންސްގެ ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ޝޮޓް، ބެލްޖިއަމްގެ ޑިފެންޑަރު ޔާން ވެޓޮންގަންގެ ގައިގައި ޖެހިފައި ގޯލަށް އަމާޒުވުމުންނެވެ.

ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ޖައްސާލި ބޯޅަ މުއާނީ ކޮންޓުރޯލް ކޮށްލުމަށް ފަހު ގޯލާ ދިމާލަށް ފޮނުވާލި ވަގުތު، ވެޓޮންގަންގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވުމުން، ބެލްޖިއަމްގެ ގޯލްކީޕަރު ކޮއެން ކަސްޓީލްސް އަށް އެ ބޯޅަ ދިފާއުކުރުމުގެ ފުރުސަތެއް ނެތެވެ.

ފްރާންސް އިން ލަނޑު ޖެހުމުގެ ދެ ތިން މިނިޓު ކުރިން، ބެލްޖިއަމް އިން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވަލައިފަ އެވެ. ބެލްޖިއަމްގެ ވިންގާ ޖެރެމީ ޑޮކޫ ދިން ތުރޫ ޕާހަކުން ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް ޖާގައެއް ލިބި، ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ބާރު ޝޮޓެއް ފޮނުވާލި ނަމަވެސް ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

އަދި މެޗުގެ 70 ވަނަ މިނިޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާއެއްވެސް މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ.

ފްރާންސްގެ ޓީމުން މުޅި މެޗުގައިވެސް ބެލްޖިއަމްގެ ޑިފެންސަށް އެންމެ ނުރައްކާކުރީ އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. ނޭފެތަށް ލިބުނު އަނިޔާއަކާ ގުޅިގެން މޫނުގައި މާސްކެއް އަޅައިގެން ކުޅެމުންދިޔަ އެމްބާޕޭ ވަނީ މެޗުގެ 53 ވަނަ މިނިޓުގައި ބެލްޖިއަމްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ބާރު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެކަމަކު، އެމްބާޕޭގެ ހަމަލާ ދިޔައީ ގޯލުގެ މަތިންނެވެ.

އަދި އޭގެ ފަހުން އެމްބާޕޭ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ބެލްޖިއަމް އިން މެޗުގެ ފަހު މިނިޓުކޮޅުގެ ތެރޭގައި ކުރިއަށް ޖެހި، ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބެއްނުވިއެވެ.

ފްރާންސް އިން ކުއާޓާ ފައިނަލަށް ދިޔައިރު، މުބާރާތުގައި އެ ޓީމަށް ޖެހުނީ ތިން ގޯލެވެ. އެއީ ބައިކޮޅަށް ޖެހި ދެ ގޯލާއި އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ. މި ފަހަރުގެ ޔޫރޯގައި ފްރާންސުން އޯޕަން ޕްލޭގައި އަދި އެ ޓީމުގެ ކުޅުންތެރިއަކު ލައްވައި ލަނޑެއް ނުޖަހަ އެވެ.

ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ބެލްޖިއަމާ ދެކޮޅަށް ފަރާންސް އިން މި ވަނީ ފުރިހަމަ ރެކޯޑް ދަމަހައްޓައިފަ އެވެ. އެ ގޮތުން މުބާރާތްތަކުގައި ކުޅުނު ފަސް މެޗުގައި ވެސް ބެލްޖިއަމްގެ މައްޗަށް ކުރިހޯދީ ފްރާންސުންނެވެ.

ޔޫރޯގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ ޕޯޗުގަލް ނުވަތަ ސްލޮވީނިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox