ބެލްޖިއަމް މޮޅުވާނެކަން ގަބޫލުކުރާނެ މީހުން މަދުވާނެކަން ކޯޗަށް އެނގޭ

Jul 1, 2024, 6:59 AM
ބެލްޖިއަމް މޮޅުވާނެކަން ގަބޫލުކުރާނެ މީހުން މަދުވާނެކަން ކޯޗަށް އެނގޭ

ޑަސެލްޑޯފް (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗުން ބެލްޖިއަމް މޮޅުވާނެ ކަމަށް ގަބޫލުކުރާނެ މީހުން މަދުވާނެކަން އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އަށް އެނގޭ ކަމަށް ބުނެފި އެވެ.

ބެލްޖިއަމް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އެއް މެޗުން ބަލި އަދި އެއްވަރުވެފައިވެ އެވެ. ބެލްޖިއަމް އަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުން ކޯޗު، ޓެޑެސްކޯ އާއި ޓީމުގެ ކުޅުންތެރިންނަށް ވަނީ އަމާޒުވެފަ އެވެ.

ޓެޑެސްކޯ ބުނީ ސަޕޯޓަރުންގެ އަމިއްލަ ޝުއޫރުތައް ފާޅުކުރަން ފުުރުސަތު އޮންނާނެ ކަމަށާއި އެކަމަކު، މީގެ ހަގީގަތް ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އަަހަންނަށް އެނގޭ މި މެޗަށް (ފްރާންސް މެޗަށް) ނުކުންނައިރު، ބެލްޖިއަމް މޮޅުވާނެ ކަމަށް ގަބޫލުކުރާނެ މީހުން މަދުކަން. އެކަމަކު، ވިސްނަން ޖެހޭ ކަންކަން އެބަހުރި. އަހަރެމެންނާ އެއްވަރަށް ގްރޫޕް ސްޓޭޖުގައި ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި ޓީމެއް ނެތް. ހަމަ އެ ގޮތަށް ފްރާންސް ވެސް ގިނަ ފުރުސަތު ހޯދި މިންވަރު، މި އުޅެނީ ގޯލު ނުޖެހިގެން،" ޓެޑެސްކޯ ބުންޏެވެ.

ޒުވާން ކޯޗު، ޓެޑެސްކޯ ބުނީ، ބެލްޖިއަމް ޓީމާ މެދު އުންމީދުތައް އަބަދުވެސް މަތިވާނެކަން އެނގޭ ކަމަށާއި އެ ޓީމާ ހަވާލުވެ ހުންނަ ކޯޗަށް ނަތީޖާ ނުނެރެވޭނަމަ އަންނާނެ ޗެލެންޖްތައް ވެސް ބޮޑުވާނެ ކަމަށެވެ.

"ހަވާލުވެ މި ހުރި ޒިންމާއާ މެދު އަހަރެން އަބަދުވެސް ވިސްނަން،" ޓެޑެސްކޯ ބުންޏެވެ.

މިއީ ބެލްޖިއަމާއި ފްރާންސް ބައްދަލުކުރާ 76 ވަނަ މެޗެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި ހަތަރު މެޗުން ވެސް ފްރާންސް މޮޅުވި އެވެ. ޔޫރޯގައި ފްރާންސާއި ބެލްޖިއަމާ ކުޅުނު ހަމައެކަނި ފަހަރަކީ މީގެ 40 އަހަރު ކުރިން، 1984 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ފްރާންސް ވަނީ 5-0 އިން މޮޅުވެފަ އެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox