ބެލްޖިއަމާ ދެކޮޅަށް ފްރާންސުން ހުރިހާ ހާލަތަކަށް ވިސްނާނެ

Jul 1, 2024, 6:46 AM
ބެލްޖިއަމާ ދެކޮޅަށް ފްރާންސުން ހުރިހާ ހާލަތަކަށް ވިސްނާނެ

ޑަސެލްޑޯފް، ޖަރުމަނު (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ފްރާންސް އިން ކުޅޭ މެޗަށް ނުކުންނައިރު ހުރިހާ ހާލަތަކަށް ތައްޔާރުވާނެ ކަމަށް އެ ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ފްރާންސާ އެކު، 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކެޕްޓަން، ޑެޝޯމްޕްސް ބުނީ ނޮކައުޓް ބުރާ ހަމައިން އަބަދުވެސް ފެށޭނީ މުޅިން އާ މުބާރާތެއް ކަމަށެވެ. އެހެންކަމުން، މެޗެއްގައި ކުރިމަތިވެދާނެ ކަންކަމަށް ވިސްނައި މޮޅުވާން ކުރަން ޖެހޭ މަސައްކަތްތަކަށް ވިސްނަން ޖެހޭނެ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ބެލްޖިއަމާ ދެކޮޅަށް ކުޅެން ފްރާންސް އިން އާ ފޯމޭޝަނަކަށް ވަނީ ޕްރެކްޓިސް ކޮށްފަ އެވެ. އަދި ޕެނަލްޓީ ޝޫޓައުޓް ވެސް ޕްރެކްޓިސް ކުރި މަންޒަރު މީޑިއާ އަށް ފެނިފައިވެ އެެވެ.

ޑެޝޯމްޕްސް ބުނީ ނޮކައުޓް މެޗަކަށް ތައްޔާރުވާއިރު، އަބަދުވެސް ޕެނަލްޓީ އަށް ފަރިތަކުރާ ކަމަށާއި އެކަމަކު، ބެލްޖިއަމް މެޗުގައި ކުޅޭނެ ގޮތް ރާވަން ކުރި މަސައްކަތާ ބެހޭގޮތުން މެޗުގެ ކުރިން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަހަރެމެންނަށް އެބަހުރި އިދިކޮޅަށް ކުޅޭ ޓީމު (ބެލްޖިއަމް)ގެ މައުލޫމާތު ލިބިފައި، އެހެންވީމަ، ކޮންމެ ކަަމަކަށް ވެސް ތައްޔާރުވެގެން މި ތިބީ. މެޗުގައި އަހަރެެމެންގެ ކަންކަން ބަލާލީމަ އެނގޭނެ ތައްޔާރުވެފައި ހުރި މިންވަރު،" ޑެޝޯމްޕްސް ބުންޏެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި ހަތަރު މެޗުން ވެސް ފްރާންސް މޮޅުވި އެވެ. ޔޫރޯގައި ފްރާންސާއި ބެލްޖިއަމާ ކުޅުނު ހަމައެކަނި ފަހަރަކީ މީގެ 40 އަހަރު ކުރިން، 1984 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ފްރާންސް ވަނީ 5-0 އިން މޮޅުވެފަ އެވެ.

ފްރާންސާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox