ޖޯޖިއާ "ފަސޭހަކޮށް" ނެގުމުގެ ގޯސް ސްޕެއިނުން ނުހަދާނެ

Jun 30, 2024, 4:55 AM
ޖޯޖިއާ "ފަސޭހަކޮށް" ނެގުމުގެ ގޯސް ސްޕެއިނުން ނުހަދާނެ

ކޮލޯން (ޖޫން 30) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު، ޖޯޖިއާ އަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ދެކިގެން މެޗަށް ތައްޔާރުނުވާނެ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.

ސްޕެއިނަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވި ހަމައެކަނި ޓީމެވެ. އަނެއްކޮޅުން، ޖޯޖިއާ އަކީ މި ފަހަރުގެ ޔޫރޯގައި ވާދަކުރި އެންމެ ރޭންކިން އަށް ޓީމެވެ. އަދި މިއީ އެ ޓީމުން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އެކަމަކު، ޖޯޖިއާއާ މެދު ސަމާލުވާން ޖެހޭކަން އެ ގައުމުން ދައްކުވައިދިނީ، ގްރޫޕްގެ ފަހު މެޗުގައި، 2016 ވަނަ އަހަރުގެ ޗެމްޕިއަން، ޕޯޗުގަލް އަތުން 2-0 އިން މޮޅުވުމުންނެވެ. ޖޯޖިއާ އިން ގަދަ 16 އަށް ދަތުރުކުރީ ވާދަކުރި ގްރޫޕްގެ ތިން ވަނަ ހޯދައި، މުބާރާތުގެ ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިން އިން ގަދަ ހަތަރެއްގައި ނިންމައިގެންނެވެ.

"އަހަރެމެން އެކަކަށް ވެސް ވާނެ ކަމެއް ނޫން، ފުޓްބޯޅައިގައި ސަޕްރައިޒިން ކަންކަން ހުއްޓުވުމަކީ، އެ ކަންކަން ހިނގާނެ. މީގެ ނޭނގޭނީ ވާނެ އިރެއް. ޖޯޖިއާ އިން އެ ވަނީ ޕޯޗުގަލް ބަލިކޮށްފައި. އެހެންވީމަ، އަހަރުމެން ވެސް އެބަޖެހޭ އެ މީހުންނަށް (ޖޯޖިއާ އަށް) އިހުތިރާމްކުރަން. އަހަރެމެންނަށް އެ ގޮތެއް ނުވާނެއޭ، މި ގޮތެއް ނުވާނެއޭ ނުބުނެވޭނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޖޯޖިއާ އާއި ސްޕެއިން ވާދަކުރީ ޔޫރޯ ކޮލިފައިންގެ އެއް ގްރޫޕްގަ އެެވެ. ޖޯޖިއާގައި ކުޅުނު މެޗުން ސްޕެއިން 7-1 އިން މޮޅުވިއިރު، ސްޕެއިންގައި ކުޅުނު މެޗުން ވަނީ 3-1 އިން މޮޅުވެފަ އެވެ.

ޑެ ލަ ފުއެންޓޭ ބުނީ، މުބާރާތެއްގެ ނޮކައުޓް ބުރުގައި ކުޅޭ މެޗަކީ ހުރިހާ މެޗަކާ ތަފާތު ކުރިމަތިލުމެއް ކަމަށެެވެ.

"އެ މީހުންނަކީ ކައުންޓަ އެޓޭކުގައި ކިހާ ނުރައްކާ ޓީމެއްކަން ފެނިގެންގޮސްފި، އަހަރެމެން ވިސްނަން ޖެހޭ ކަންކަން ގިނަ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޖޯޖިއާ އާއި ސްޕެއިން، މިރޭ 12 ޖަހާއިރު، ބައްދަލުކޮށް، މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ކުޅޭނީ ޖަރުމަނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox