ސައުތުގޭޓް ބުނީ އިންގްލެންޑް ހީކުރާހާ ދަށެއް ނޫން ކަމަށް

Jun 30, 2024, 2:51 AM
ސައުތުގޭޓް ބުނީ އިންގްލެންޑް ހީކުރާހާ ދަށެއް ނޫން ކަމަށް

ގެލްސެންކާޗެން (ޖޫން 30) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުުރުގައި މިރޭ ސްލޮވާކިއާއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، އެ ޓީމުން ދައްކަމުން އަންނަނީ ގިނަ ބަޔަކު ހީކުރާހާ ދަށް ކުޅުމެއް ނޫން ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗަށް ބަލާއިރު، މޮޅުވީ ފުރަތަމަ މެޗުން ސާބިއާ އަތުން 1-0 އިންނެވެ. ދެ ވަނަ މެޗުން ޑެންމާކާ 1-1 އިން އެއްވަރުވިއިރު، ތިން ވަނަ މެޗުން ސްލޮވީނިއާއާ އެއްވަރުވީ 0-0 އިންނެވެ. މި ތިން މެޗުގައި އިންގްލެންޑުން ނެރުނު ފުރަތަމަ އެގާރަ އާއި ދެއްކި ކުޅުމަށް އަންނަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ގަދަ 16 ބުރުގައި ސްލޮވާކިއާއާ ދެކޮަޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުނީ ސްލޮވީނިއާ މެޗުގައި މޮޅެއް ނުހޯދުނަސް ކަންކަން ރަނގަޅު މިސްރާބުން ދާން ފެށި މަންޒަރު ފެނުނު ކަމަށެވެ.

"ޓީމެއް ދުވަހަކު ވެސް މީހުން ހީކުރާހާ ދަށެއް ނުވާނެ. އަނެއްކޮޅުން ޓީމެއް ދުވަަހަކު ވެސް މީހުން ހީކުރާހާ މޮޅެއް ވެސް ނުވެދާނެ. އަަހަންނަށް ފެންނަ ފެނުމުގައި އިންގްލެންޑް ދަށެއް ނޫން. ކަންކަން ރަނގަޅުވަމުން މި އަންނަނީ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ހޭދަކުރާ އަށް ވަނަ އަހަރު އޭނާ އަށް ދަސްވެފައި އޮތް ކަމަކީ، މުބާރާތެއްގެ ތެރޭގައި ޖަވާބު ދޭން ޖެހޭ ކަންކަމަށް އިޝާރާތްކޮށް ބުނަން ޖެހޭ އެއްޗެއް ބުނުން ކަމަށެވެ. އަދި ދައްކާ ކޮންމެ ވާހަކަ އަކަށް ރައްދު ދިނުމަކީ މީގެ މޮޅު ގޮތެއް ނޫން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ޓީމު ނެގުމުގައި ގްރޫޕް ސްޓޭޖުގައި ކަންކަން ކުރި ގޮތާއި ނޮކައުޓް ބުރުގައި ކުރާގޮތް ތަފާތުވާނެ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

"އަތުގައި ހުރި ހުރިހާ ހަތިޔާރެއް ފަށާތަނުން ބޭނުންކުރާނެ މީހެއް ނުހުންނާނެ،" ސައުތުގޭޓް ބުންޏެވެ.

ސްލޮވާކިއާއާ ދެކޮޅަށް އިންގްލެންޑުން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. އިންގްލެންޑަށް މޮޅުނުވެވުނީ 2016 ވަނަ އަހަރުގެ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗުގަ އެވެ. އެ މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ސައުތުގޭޓް ބުނީ މިހާރު ފެންނަ ސްލޮވާކިއާ ޓީމުގައި ތަފާތުތަކެއް އެބަހުރި ކަމަށާއި ތަޖުރިބާ އާއި ހުނަރަށް ބަލާއިރު މިހާރު އޮތް ޓީމު މާ ރަނގަޅު ކަމަށެވެ.

މިދިޔަ ދެ ޔޫރޯ އަށް ބަލާއިރު، އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެއް އޮތީ އިންގްލެންޑްގެ އެވެ. އިންގްލެންޑުން ވަނީ ޔޫރޯގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ކޮޅަށް ގޯލެއް ވަނަނުދީ ނިންމައިލައިފަ އެވެ.

އިންގްލެންޑާއި ސްލޮވާކިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox