އިނގިރޭސި ހަ ސަޕޯޓަރަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދަބެއް

Jun 29, 2024, 1:46 PM
އިނގިރޭސި ހަ ސަޕޯޓަރަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދަބެއް

ނިޔޯން، ސްވިޒަލެންޑް (ޖޫން 29) - މި މަހު 16 ވަނަ ދުވަހު ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަަމަނުޖެހުމަށް ހިތްވަރު ދޭ ގޮތަށް އަމަލުތައް ބަހައްޓައި ކަންތައްތަކެއް ކުރި، އިނގިރޭސި ހަ ސަޕޯޓަރަކަށް ދަނޑަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އަޅައިފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެކިއުރިޓީ ވަރުގަަދަ ކުރުމުގެ ގޮތުން، މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ތެރެއިން 300 އެއްހާ ސެކިއުރިޓީ ތަޖުރިބާކާރުން ޖަރުމަނުގައި ހަރަކާތްތެރިވާނެ އެވެ. އެ ފަރާތްތަކުން މަސައްކަތްކުރާނީ އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ)އާ އެކުގަ އެވެ. އޭގެ ތެރޭގައި، ޔޫކޭ ޕޮލިސިން ފުޓްބޯލިން ޔުނިޓް (ޔޫކޭއެފްޕީޔޫ) ވެސް ބައިވެރިވެ އެވެ.

އެ ގޮތުން، ޔުއެފާ އިން ފިޔަވަޅު އަޅާފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 21-38 އަހަރާ ދެމެދުގެ ހަ މީހުންނަށެވެ. މީގެ ތެރެއިން، ތިން މީހަކަށް ތިން އަހަރުގެ ސަސްޕެންޝަނެއް އައިއިރު، އަނެއް ތިން މީހުންނަށް އައީ ފަސް އަހަރުގެ ސަސްޕެންޝަނެކެވެ.

ޔޫކޭއެފްޕީޔޫ އިން ބުނެފައިވަނީ، ޔުއެފާ އިން މި ދީފައިވާ އަދަބު ތަންފީޒުކުރުން އޮތީ ޔޫކޭއެފްޕީޔޫއާ ހަވާލުކޮށްފައި ކަމަށެވެ. އަދި އަދަބު ދީފައިވާ މުއްދަތުގައި، އެ ސަޕޯޓަރުންނަށް އެއްވެސް ފުޓްބޯޅަ މެޗަކަށް ދަނޑަށް ނުވަދެވޭނެ އެވެ.

ސާބިއާ މެޗުގެ ކުރިން ހަމަނުޖެހުން ހިންގި އިތުރު އިނގިރޭސި ސަޕޯޓަރުންގެ މައްސަލަ، އައިޕީސީސީ އާއި ޔޫކޭއެފްޕީޔޫ އިން ގުޅިގެން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި، ސްޓޭޑިއަމް ކައިރީގައި ހަމަނުޖެހުން ހިންގި މީހުންނާއި މަގުމަތީގައި މާރާމާރީ ހިންގި އިތުރު މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox